އަތޮޅުކައުންސިލްގެ ޤުރުއާން މުބާރާތް މިމަހުގެ 22-23 ގައި ފުލިދޫގައި

mubaa2014

ކައުންސިލްގެ މުބާރާތެއްގެތެރެއިން

އަތޮޅުކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނައަތޮޅު ޤުރުއާން މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަތޮޅު ފުލިދޫގައި މި އޭރީލް މަހުގެ 22ން 23އަށެވެ. އެހެން އަހަރުތަކުގައި މި މުބާރާތް ބާޢްވަނީ ޤައުމީ ޤުރުއާން މުވާރާތަށް ކުދިން ހޮވުމަށް ބާޢްވާ މުވާރާތެއްގެގޮތުގައި ކަމަށް ވިއަސް މިއަހަރު ޤައުމީ މުބާރާތަށް އައިއސްފައިވާ ބަދަލުތަކުގެ ސަބަބުން އަތޮޅު ޤުރުއާން މުބާރާތާއި ޤާއުމީ ޤުރުއާން މުބާރާތާ އެެއްވެސް ގުޅުމނެއް ނެތެވެ. އެހެން ކަމާއެކު މި މުބާރާތުގައި ރަށަކުން ވާދަކުރެވޭ ޓީމްވެސް ވަނީ އަތޮޅުކައުންސިލުން ބޮޑުކޮށޤފައެވެ، މިހާރު ކޮންމެ ރަށަކުން 15 ކުދިންގެ ބަދަލުގައި 20 ކުދިންނަށް ބައިވެރި ވެވޭނެއެވެ. އެއީ ބަލައިގެން ކިޔަވާ 11 ކުދިންނާއި ހިތުން ކިޔަވާ 9 ކުދިންނެވެ.
މިއަހަރު ފުލިދޫގައި މި މުބާޜާތް ބާއްވާއިރު ފުލިދޫން ގެންދަނީ މުބާރާތުގެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. މިގޮތުން މުބާރާތުގައި ކުދިން ވާދަކުރާ ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލްތައް ހިމެނޭގޮތުން އޭޕްރީލް 6 ވީ ބުދަދުވަހު ވަނީ ފުލިދޫގައި ބައްދަލުވުމެއްވެސް ބާޢްވާފައެވެ، މި ބައްދަލުިވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

You can leave a response, or trackback from your own site.

Leave a Reply