5 އަހަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަން ޕްލޭން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީން މިއަތޮޅުގައި ނިމިއްޖެ

planpict

ތަމްރީން ގެ ތެރެއިން

ކައުންސިލްތަކުގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަން ޕްލޭން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީން މިއަތޮޅުގައި ނިމިއްޖެއެވެ. މި ތަމްރީން އޮތީ ވ. ކެޔޮދޫ ކައުންސިލް އިދާރާގައެވެ.  21 ޖުލައި 2016 ވަނަ ދުވަހުގެ ރޭ 20.30ގައި ފެށި މި ތަމްރީން ނިމުނީ 22 ޖުލައި ދުވަހުގެރޭ 12:30 ގައެވެ.މި ތަމްރީން ގައި ބައިވެރި ވެފައިވަނީ 10 ބައިވެރިންނެވެ. އެއީ ފުލިދޫގެ 1 ބޭފުޅަކާއި ފެލިދޫގެ 2 ބޭފުޅުންނާއި އަތޮޅު ކައުންސިލްގެ 2 ބޭފުޅުންނާއި ކެޔޮދޫގެ 5 ބޭފުޅުންނެވެ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު  އަޙްމަދު މަނިކާއި އަތޮޅުކައުންސިލް މެމްބަރު އަލްފާޟިލް ޢަލީ އިސްމާޢީލް އިބްރާހީމް މައުލޫމާތު ދެއްވި މ ތަމްރީގައި އެލް ޖީ އޭ ގެ ފަރާތުންވެސް ރިސޯސް ބޭފުޅަކު ބައިވެރި ވި އެވެ.

You can leave a response, or trackback from your own site.

Leave a Reply