ކަށަވަރު އައުޓްސޯސް ކުރުމުގެ އުޞޫލަށް ބަދަލު ގެނެސްފި

kashavaruatfelidhoohurbor

ކަށަވަރު

އަތޮޅު ރައްޔިތުންގެ ކަށަވަރު ދޯނި ދުއްވުން އަމިއްލަ ފަރާތަކާ ޙަވާލުކުރެއްވުމަށް އަތޮޅުކައުންސިލުން މީގެކުރިން ނިންމާފައިވާ އުޞޫލަށް ބަދަލުގެންނަވައި އަލުން އިޢުލާންކުރައްވައިފިއެވެ.  މިގެންނެވި މައިގަނޑު ބަދަލަކީ އެންމެ ބޮޑު ކުއްޔެއް ހުށަހެޅި ފަރާތަކަށް ދޯނި ދުއްވަން ޙަވާލުކުރެއްވުމެވެ.  މީގެއިތުރުން ދޯނި އެހެލައި މަރާމާތުކުރުމާއި ދޯނި ތަރައްޤީކުރުމާއި މިކަންކަން އަމިއްލަ ޚަރަދުގައި ކުރާ ފަރާތްތަކަށް ޕޮއިންޓް އިތުރުވާގޮތަށް އަލަށް ހަމަޖެއްސެވި އުޞޫލްގައި ވެއެވެ.

ކަށަވަރު ދޯނީގެ ޚިދުމަތަކީ އަތޮޅު ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވާ ޚިދުމަތަކަަށްވިއަސް މުވައްޒަފުން ނުލިބުމުގެ ސަބަބުން ދޯނި ދުއްވުން ވަނީ މިކައުންސިލަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

އަތޮޅު ރައްޔިތުންގެ ކަށަވަރު ދޯނި ދުއްވުން އަމިއްލަ ފަރާތަކާ ޙަވާލުކުރެއްވުމަށްއެއްބަސްވެވޭ ކަންތައްތަކާއި އުޞޫލް
އަތޮޅު ރައްޔިތުންގެ ކަށަވަރު ދޯނި ދުއްވުން އަމިއްލަ ފަރާތަކާ ޙަވާލުކުރެއްވުމަށްކުރެއްވި އިޢުލާން

You can leave a response, or trackback from your own site.

Leave a Reply