ކަށަވަރު ގެ ޚިދުމަތް އައުޓްސޯސް ކޮށްފި

Kashavaru

ކަށަވަރު

އަތޮޅުކައުންސިލުން އަތޮޅުގެ ރައްޔިތުންނަށް ދެމުންގެންދާ އެންމެ މުހިއްމު އެއް ޚިދުމަތް ކަމުގައިވާ ކަށަވަރު ދޯނީގެ ޚިދުމަތް އައުޓްސޯސްކޮށް 26 ފެބްރުއަރީ 2017ގައި ޚިދުމަތް ދޭން ފަށައިފިއެވެ. އަތޮޅުކައުންސިލާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މި ޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވަނީ އެމް އެން އެޗް ޑީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މިއީ މިކަމަށް ހުޅުވައިލި ފުރުޞަތުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައި ބިޑް ކާމިޔާބުކުރި ކުންފުންޏެވެ.
އަތޮޅުކައުންސިލާއެކު ވެފައިވާ އެއްބަސްވުމުގައި ވާފަދައިން އަތޮޅުގެ ހުރިހާ ރަށަކަށް މި ކުންފުނީގެ ފަރާތުން ކޮންމެ މަހަކު އެއް ދަތުރު ކޮށްދެމުން އެބަ ގެންދެއެވެ.

You can leave a response, or trackback from your own site.

Leave a Reply