ކީރިތި ޤުރުއާން ހިތުދަސްކުރާ ކުދިންނަށް އަތޮޅުކައުންސިލުން އިނާމް ދެނީ

Quruaninaam

މުބާރާތެއްގައި ކައުންސިލްގެ ރައީސް އިނާމް ދެއްވަނީ

ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމަށާއި، ކީތިރި ޤުރުއާން ހިތުދަސްކުރާ ކުދިން އަތޮޅުގައި  އިތުރުކުރުމުގެ މަޤްޞަދުގައި ކީތިރި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިނާމް ދިނުމަށް އަތޮޅުކައުންސިލުން ނިންމަވައިފިއެވެ. މިކަން ފާސްކުރައްވާފައިވަނީ 22 މާރޗް 2017 ގައި ބޭއްވި މި ކައުންސިލްގެ 10 ވަނަ ޖަލްސާގައެވެ.  މިކައުންސިލުން ނިންމަވާފައިވާ ގޮތުގައި ހިތުދަސްކުރާ ކޮންމެ ފޮތަކަށް 1 ހާސް ރުފިޔާ ދެއްވާނެއެވެ. މިގޮތުން ފުރަތަމަ ކިޔައިދޭން ޖެހޭނީ 3 ފޮތެވެ. އަދި ދެން ކިޔައިދޭން ޖެހޭނީ 2 ފޮތުން 2 ފޮތުންނެވެ. އަދި މުޅި ޤުރުއާން އެއްކޮށް ދަސްކޮށް ހާފިޡަކަށް ވުމުން އިތުރު 30 ހާސް ރުފިޔާ ދެއްވާނެއެވެ.

މި އިނާމަށް ހުށަހެޅުމާއި އިމްތިހާންކުރުމާއި މިކަމާ ގުޅޭ އެހެނިހެން ކަންކަން ބަޔާންކުރާ އުޞޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ކައުންސިލުން ގެންސަނީ ކުރަމުންނެވެ.

މިކަަމަށް ހުށަހެޅުމުގައި ވަކި ޢުމުރެއް ނެތެވެ. ސްކޫލް ކުއްޖެއްކަމުގައި ވިޔަސް އަދި ޢާއްމު މީހެއްކަމުގައި ވިއަސް އަތޮޅު ރައްޔިތެއްކަމުގައި ވާނަމަ މި އިނާމް ހޯދުމަށް ހުށަހެޅިދާނެއެވެ.

You can leave a response, or trackback from your own site.

Leave a Reply