އަތޮޅުގެ ކައުންސިލްތަކަށް އައިސްފައިވަނީ ޖުމުލަކޮށް ބަލާއިރު ކުޑަ ބަދަލެއް

IMG_6748 - Copy6 މެއި 2017 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް  ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިއަތޮޅުގެ ހުރިހާ ކައުންސިލްތަކަކަށް ވަނީ މެމްބަރުން އިންތިޚާބުވެފައެވެ. މިގޮތުން 6 ކައުންސިލަށް 18 ކައުންސިލަރުން ވަނީ އިންތިޚާބުވެފައެވެ. މީގެތެރެއިން 12 މެމްބަރުންނަކީ މިހާރުވެސް ކައުންސިލަރުންގެގޮތުގައި ތިއްބެވި ބޭފުޅުންނެވެ. އަލަށް ކައުންސިލްތަކާއި ގުޅިވަޑައިގަންނަވަނީ 6 ކައުންސިލަރެކެވެ.

ވަކިވަކި ކައުންސިލްތަކަށް ބަލާއިރު ފުލިދުއާއި ތިނަދޫން ކޮންމެ ރަށަކުން އަލަށް ދެބޭފުޅުން ކައުންސިލާއި ގުޅިވަޑައިގަންނަވައެވެ. ފެލިދޫގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިހާރު ފެލިދޫ ކައުންސިލްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހުންނަވާނީ އެންމެ ބޭފުޅެކެވެ. އަލަށް ކައުންސިލާއި ގުޅިވަޑައިގަންނަވަނީވެސް އެންމެ ބޭފުޅެކެވެ. ފެލިދޫ ކައުންސިލަށް ދެން ވަޑައިގެންނަވާނީ މީގެކުރިން ހަމަ އެކައުންސިލްގައި އުޅުއްވުމަށްފަހު މިހާރު ނިމިގެން މިދާ ދައުރުގައި އަތޮޅުކައުންސިލް މެމްބަރެއްގެގޮތުގައި ހުންނެވި ބޭފުޅެކެވެ. އެހެންވީމާ އެއީވެސް ކައުންސިލަށް އައު ބޭފުޅެއް ނޫނެވެ. ކެޔޮދޫގެ ކައުންސިލްގައި މިހާރުވެސް ތިއްބަވާ 2 ބޭފުޅުންނާއި އަލަށް އެއް ބޭފުޅަކު ގުޅިވަޑައިގަންވައެވެ.

ޖިންސުގެ ނިސްބަތަށް ބަލާއިރު 18 ކައުންސިލަރުންގެތެރޭގައި ތިއްބެވީ އެންމެ ދެ އަންހެން ބޭފުޅުންނެވެ. އެއީ 11 އިންސައްތަ އެވެ. މި ދެބޭފުޅުން ތިއްބެވީ ފުލިދޫގައެވެ. އެހެން ކަމުން ފުލިދޫ ކައުންސިލްގެ އަޣްލަބިއްޔަތު އޮތީ އަންހެން މެމްބަރުންގެ އަތްޕުޅުގައެވެ.

މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ކައުންސިލެއް އެއް ކޮށް ބަދަލުވެފައެއް ނުވެއެވެ.  އެއްވެސް ބަދަލެއް ނާންނަނީ އަތޮޅުކައުންސިލަށާއި ރަކީދޫ ކައުންސިލަށެވެ. މި ދެ ކައުންސިލަށްވެސް އިންތިޚާބުވެވަޑައިގަންނަވާނީ މިހާރުވެސް ހަމަ ތިއްބެވި މެމްބަރުންގެތެރެއިން 3 ބޭފުޅުންނެވެ. ކައުންސިލަރުން އާ ދައުރަކަށް ހުވައިކުރުން އޮންނާނީ ޖޫން 3 ވާ ހޮނިހިރު ދުވަހު އެވެ.

You can leave a response, or trackback from your own site.

Leave a Reply