ކައުންސިލްތައް ހުވައިކުރެއްވުން

3 ޖޫން 2017 ވީ ހޮނިހިރު ދުވަހު މިއަތޮޅުގެ ހުރިހާ ކައުންސިލްތަކެއް ހުވައިކޮށް މެމްބަރުކަމާއި ޙަވާލުވެވަޑައިގެންފިއެވެ.  މިގޮތުން މިއަތޮޅުގެ 5 ރަށުގެ 5 ކައުންސިލާއި، އަތޮޅު ކައުންސިލްގެ މެމްބަރުންވެސް ވަނީ މިއަދު ހުވާ ކުރައްވާފައެވެ. މިއަތޮޅުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވާ ގޮތުގެ ޚުލާޞާ ތިރީގައި އެވަނީއެވެ. ފުލިދޫ، ރަކީދޫ ކައުންސިލް ހުވާކުރުމުގެ ދަރުބާރު 11.00ގައި، ފެލިދޫ ކައުންސިލާއި، އަތޮޅު ކައުންސިލްގެ ހުވާށކުރުން 14.00ގައި، ތިނަދޫ ކައުންސިލް ހުވާކުރުން 16.00ގައި ކެޔޮދޫ ކައުންސިލް ހުވާކުރުން 21.30 ގައި. މީގެ ތެރެއިން ފުލިދޫ ކައުންސިލްގެ މެމްބަރުންނަށް ހުވާލައިދެއްވީ ފުލިދޫ މެޖިސްޓްރޭޓް ކޯޓްގެ ސީނިއަރ މެޖިސްޓްރެޓް އަލްފާޟިލް ޢަޙުމަދު ޝަރީފެވެ. ރަކީދޫ، ކެޔޮދޫ، ތިނަދޫ، ފެލިދޫ އަދި އަތޮޅު ކައުންސިލްގެ މެންބަރުންނަށް ހުވާ ލައިދެއްވީ ކެޔޮދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްފާޟިލް ޢަބުދުލްޣަފޫރު މުޙައްމަދެވެ.

ެލިދެއަތޮޅު އަތޮޅު ކައުންސިލާއި، ފެލިދޫ ކައުންސިލަށް އަލަށް އިންތިޚާބު ވެފައިވާ މެމްބަރުން ޤާނޫނީ ހުވާ ކުރެއްވުމުގެ ދަރުބާރު މިއަދު މެންދުރުފަހު 14.00ގައި ފެލިދެއަތޮޅު ތަޢުލީމީ މަރުކަޒުގައި އޮތެވެ. މި ރަސްމިއްޔާތު ފެށިގެން ދިޔައީ ކީރިތި ޤުރްއާނުގެ ބަރަކާތުންނެވެ. ޤުރްއާން ކިޔަވައިދިނީ ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ގެ ދަރިވަރު އާމިނަތު ޝަނޫނާ އެވެ. ޤުރްއާން ކިޔަވާ ނިމުމުން ދަރުބާރު ހިގަމުން ދާނޭގޮތުގެ ތަޢާރަފެއް ދެއްވީ އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ އަލްފާޟިލް ޢަބުދުލްމަޖީދު ޢަބުދުލްޣަނީއެވެ. އޭގެ ފަހުގައި ދެންއޮތީ ކައުންސިލަރުންނަށް ހުވާ ލައިދެއްވުމެވެ. މި ނަންބަރ ފުރިހަމަ ކޮށްދެއްވީ ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލްފާޟިލް ޢަބުދުލްޣަފޫރް މުޙައްމަދެވެ. މެޖިސްޓްރޭޓާއި، ކައުންސިލަރުން ސްޓޭޖަށް ވަޑައިގަތުމުން އެބޭފުޅުންނާ އިސްތިޤްބާލު ކުރެއްވީ ފެލިދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ސަމީރެވެ. ފުރަތަމަ ހުވާކުރެއްވީ އަތޮޅު ކައުންސިލްގެ މެމްބަރުންނެވެ. މި ބޭފުޅުން ހުވާކޮށް ނިމުމުން ހުވައިގެ އިޤްރާރުގައި ސޮއިކުރުގެ ކަންތައް ކުރިއަށް ގެންގޮސް ދެވީވެސް އަލްފާޟިލް އިސްމާޢީލް ސަމީރެވެ. އަތޮޅު ކައުންސިލްގެ މެމްބަރުން ހުޥާކޮށް ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވުމަށްފަހު ދެން ހުވާ ކުރެއްވީ ފެލިދޫ ކައުންސިލަށް އިންތިޚާބު ވެފައިވާ މެމްބަރުންނެވެ. މި ބޭފުޅުން ހުވާކޮށް ނިމުމުން ހުވައިގެ އިޤްރާރުގައި ސޮއިކުރުގެ ކަންތައް ކުރިއަށް ގެންގޮސް ދެވީވެސް އަލްފާޟިލް އިސްމާޢީލް ސަމީރެވެ. ކައުންސިލަރުން ހުވާކޮށް ނިމުމުން އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ ޑިރެކްޓަރ އަލްފާޟިލް ޢަބުދުލްމަޖީދު ޢަބުދުލްޣަނީ ޝުކުރު އަދާކުރެއްވުމުގެ ގޮތުން ވާހަކަކޮޅެއް ދައްކަވާ ލެއްވިއެވެ. އޭގެ ފަހުގައި މި ދަރުބާރު ނިމިގެން ދިޔައީ ޤައުމީ ސަލާމުންނެވެ. ޤައުމީ ސަލާމަށްފަހު ދެންއޮތީ ފޮޓޯ ނެގުމުގެ ވަގުތު ކޮޅެވެ. ފެލިދެ އަތޮޅު ކައުންސިލާއި، ފެލިދޫ ކައުންސިލްވެސް ވަކިވަކިން ފޮޓޯ ނެގުމަށްފަހު ދެ ކައުންސިލް އެއްކޮށްވަނީ ފޮޓޯ ނެގިފައެވެ. ފޮޓޯ ނަގާނިމުމުން ހުވާކުރުމުގެ ދަރުބާރު ނިމުނީއެވެ. މި ދަރުބާރު ނިމުނީ 14.30 ގައެވެ.

ކައުންސިލަރުންގެ ލިސްޓް2017

You can leave a response, or trackback from your own site.

Leave a Reply