މިފަހަރުވެސް ރައީސަކީ އިބްރާހީމް ނިޔާޒް

އަލަށް އިންތިޚާބުވި އަތޮޅު ކައުންސިލް މެމްބަރުން އެބޭފުޅުންގެ ޤާނޫނީ ހުވާ ކުރައްވާ ނިމުމުން 1 ގަޑި އިރުގެ ތެރޭގައި ބާއްވަންޖެހޭ ކައުންސިލްގެraees2017 ފުރަތަކަ ޖަލްސާ 3 ޖޫން 2017 ވީ ހޮނިހިރު ދުވަހުގެ 14.45 ގައި އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮތެވެ. މި ޖަލްސާގެ ކަންކަން އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށްޓަކައި 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ވަނީ ޢައްޔަން ކުރެވިފައެވެ. މި ޖަލްސާގެ އެންމެހާ ކަންކަން އިންތިޒާމު ކުރެވިފައިވަނީ މި ކޮމެޓީގެ ބެއްލެވުމުގެ ދަށުންނެވެ. މި ޖަލްސާ ފައްޓަވާ ދެއްވާ ރިޔާސަތު ފުރަތަމަ ބެލެހެއްޓެވީ އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ ޑިރެކްޓަރ އަލްފާޟިލް ޢަބުދުލްމަޖީދު ޢަބުދުލްޣަނީ އެވެ. ޖަލްސާގައި ފުރަތަމައޮތީ ރައީސަކު އިންތިޚާބު ކުރުމެވެ. މިކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ރައީސް ކަމަށް ކުރިމަތި ލެއްވީ އަލްފާޟިލް އިބްރާހިމް ނިޔާޒެވެ. ރައީސް އިންތިޚާބު ކުރުމަށް ނެގުނު ވޯޓްގައި އަލްފާޟިލް އިބްރާހިމް ނިޔާޒަށް ލިބިލެއްވީ 2 ވޯޓެވެ. 1 ވޯޓްވަނީބާޠިލު ވެފައެވެ. ރައީސް އިންތިޚާބު ކުރެވުމުން އުޞޫލުގައިވާ ގޮތުގެމަތިން ރިޔާސަތާ ރައީސް ޙަވާލުވެ ލެއްވިއެވެ. ދެންއޮތީ ނައިބްރައީސް އިންތިޚާބުކުރުމަށް ކުރިމަތިލުމަށް ހުޅުވާލުމެވެ. މިކަމަށް އެދި ހުށަހެޅުއްވީ މެމްބަރ އަލްފާޟިލް މުޙައްމަދު އަޙުމަދު މަނިކެވެ. މިކަށް ނެގުނު ވޯޓްގައި މުޙައްމަދު އަޙުމަދު މަނިކަށް ލިބިލެއްވީ 2 ވޯޓެވެ. 1 ވޯޓް ވަނީ ބާޠިލު ވެފައެވެ. އެހެންކަމުން މި ކައުންސިލްގެ މިދައުރުގެ ރައީސަކީ އަލްފާޟިލް އިބްރާހިމް ނިޔާޒެވެ. ނައިބުރައީސަކީ އަލްފާޟިލް މުޙައްމަދު އަޙުމަދު މަނިކެވެ. ރައީސާއި، ނައިބު ރައީސް އިންތިޚާބު ކުރެވުމުން ދެންއޮތީ ކައުންސިލުން ހުށަހަޅުއްވާ މައްސަލައެވެ. އެއީ ކުރީދައުރުގައި ކައުންސިލް ހިގާފައިވާ ގޮތަށް ބަލާލާ އިންތިޤާލީ ކޮމިޓީން އެކުލަވާލި ރިޕޯޓް ކައުންސިލަށް ހުށަހެޅުމެވެ. މި ރިޕޯޓް ހުށަހަޅުއްވާ ދެއްވީ ރައީސް އަލްފާޟިލް އިބްރާހިމް ނިޔާޒެވެ. ރިޕޯޓް ހުށަހެޅުއްވުމަށްފަހު މި ޖަލްސާ ނިމުނީކަމަށް ރިޔާސަތުން އިޢުލާނު ކުރައްވާ ޖަލްސާ ނިންމަވާ ލެއްވީއެވެ. 

You can leave a response, or trackback from your own site.

Leave a Reply