ކަށަވަރު ދޯނި އަތުލަން ނިންމަވައިފި

kashavaruatfelidhoohurbor1

ކަށަވަރު – އަތޮޅު ރައްޔިތުންގެ މުހިއްމު އުޅަނދެއް

ކަށަވަރު ދޯނީގެ ޚިދުމަތް އަތޮޅުގެ ރައްޔިތުންނަށް ދިނުމުގައި ޢަމަލުކުރަމުން އައި އުޞޫލް ބަދަލުކޮށް އަތޮޅުގެ ރައްޔިތުން އެދެމުން އައިގޮތަށް އައުޓްސޯސްކޮށް ޚިދުމަތް ދިނުމަށް ޙަވާލުކުރި ފަރާތުން އެއްބަސްވުމާ ޚިލާފުވެ ދަތުރުތައް ނުކޮށް އަދި ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އެންމެ ފަހުން މާލޭފެ ފަޅުތެރެއަށް ދޯނި ދޫކޮށްލައިފައި އޮތުމުން ކައުންސިލްގެ ޖަލްސާއަކުން މިހާރުވަނީ އެއްބަސްވުން ބާޠިލްކޮށް ދޯނި ގެނައުމަށް ނިންމަވާފައެވެ. މި ނިންމެވުން ނިންމަވައިފައި ވަނީ ކައުންސިލަށް ލާފަދޭ ކޮމެޓީގެ ލަފާވެސް ހޯއްދެވުމަށްފަހުގައެވެ. މިކަމާ ގުޅިގެން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.
 ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ކަށަވަރު ދޯނި ދުއްވުމާއި ބެލެހެއްޓުމާއި ހިންގުމުގެ އެންމެހައި ކަންތައް އެމް އެން އެޗް ޑީ އިންވެސްޓްމެންޓް ޕުރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 ފެބުރުއަރީ 2017 ގައި.

 އެއްބަސްވުމުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދޯނި ކުއްޔަށް ހިފައިފައިވާ ފަރާތުން މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދައްކަމުން ނުދިއުން

 ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަތޮޅު ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ދަތުރުތައް ނުކުރުން

 ދޯނި ދުއްވުމުގެ ކަންކަމުގައި ދެފަރާތުން ބާއްވަންޖެހޭ ގުޅުން އެމް އެން އެޗް ޑީ އިންވެސްޓްމެންޓް ޕުރައިވެޓް ލިމިޓެޑްގެ ފަރާތުން ނުބޭއްވުމާއި މި ކައުންސިލުން ގުޅުމުން ފޯނަށް އެއްގޮތަކަށްވެސް ޖަވާބު ނުދިނުން. (ދޯންޏާއި ޙަވާލުވި ފަރާތާއި ބައްދަލުކުރުމަށް ކައުންސިލުން މާލެއަށް ދަތުރެއްކޮށްގެންވެސް ވަނީ އެފަރާތާއި ބައްދަލުވާގޮތް ނުވެފައެވެ.)

 ދޯންޏަށް މުދާ އަރުވާ ފަރާތްތަކުން އަރުވާ މުދަލުން ވައްކަންކުރުމާއި މުދަލާއި ފައިސާ ގެއްލުމުގެ ގިނަ ޝަކުވާތައް އަތޮޅު ރައްޔިތުންގެ ފަރާތުން މިކައުންސިލަށް ލިބެމުން ދިއުން.

 ދޯނި ބެލެހެއްޓޭނެ އެއްވެސް އިންތިޒާމެއް ނެތި މާލޭގެ ފަޅުތެރެއަށް ދޯނި ދޫކޮށްލައިފައިވުމާއި ދޯނީގައި ހުރި އަގުބޮޑު ތަކެތި ގެއްލެމުންދާކަމުގެ މައުލޫމާތު ލިބެމުން ދިއުން

 ދޯނި ބެލެހެއްޓޭނެ އެއްވެސް އިންތިޒާމެއް ނެތި މާލޭގެ ފަޅުތެރެއަށް ދޫކޮށްލައިފައި ވުމުން ދޯނި ދިޔަވެ ފަޅުތެރެއަށް އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު އޮތުން

 މިއީ އަތޮޅު ރައްޔިތުންގެ އަގުބޮޑު މުދަލަކަށްވެފައި ލިބިދާނެ ގެއްލުމަކީ މިކައުންސިލަށްވެސް އުފުލޭނެވަރުގެ ގެއްލުމެއްކަމަށްނުވާތީއާއި އަދި ދޯނި ޙަވާލުވި ފަރާތުންވެސް މި ކަމުގެ ޒިންމާ އުފުލަމުން ނުގެންދާތީ ވަރަށް އަވަސް ފިޔަވަޅެއް މި ކަމުގައި އަޅަން މިކައުންސިލުން ބޭނުންވުން.

You can leave a response, or trackback from your own site.

Leave a Reply