ޤައުމީ ފުޓް ބޯޅަ ޓީމަށް ވ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޫނު މަރުޙަބާ

20180918_084746

ހިނގާލުމުގެތެރެއިން

މިއަހަރު ބަންގްލާދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް  ދިވެހި ރާއްޖެ ކާމިޔާބުކުރުމާ ގުޅިގެން އެ ޓީމަށް މަރުޙަބާކިޔުމުގެ ގޮތުން ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން ޚާއްޞަ ޙަރަކާތެއް ހިންގަވައިފިއެވެ.  ޤައުމީ ޓީމަށް މަރުޙަބާ ދެންނެވުމަށް ތަޢުލީމާރުކަޒުން ބޭއްވި  ޙަރަކާތަކީ  ފެލިދޫގެ ބޮޑަތި މަގުތަކުގައި ބޭއްވި ހިނގާލުމެކެވެ

މި ޙަރަކާތުގައި ތައުލީމީ މަރުކަޒުގެ ހުރިހާ ދަރިވަރުންނާއި ގިނަ ޢަދަދެއްގެ ބެލެނިވެރިންގެ އިތުރުން ސަރުކާރުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން  ވަނީ ބައިވެރި ވެފައެވެ.  މި ހިނގާލުމުގައި ހުރިހާ ކުދިންނާއި ބެލެނިވެރިންތިބީ ޤައުމީ ޓީމްގެ ރަސްމީ ކުލަކަމުގައިވާ ރަތްކުލައިގެ ހެދުން ލައިގެންނެވެ.

ޤައުމީ ޓީމްގެ ކުޅުންތެރިން ޤައުމަށް ހޯދައިދިން ރީތި ނަމުގެ އަގު ވަޒަން ކުރުމުގެގޮތުންދަރިވަރުން ތިބީ ޤައުމީ ޓީމްގެ ކުޅުންތެރިންގެ ނަން ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

You can leave a response, or trackback from your own site.

Leave a Reply