ވ. ޕޮލިސްސްޓޭޝަންގެ އައު ކޮމާންޑަރ އަތޮޅުކައުންސިލާ ބައްދަލުކުރައްވައިފި

ވ.އަތޮޅު ޕޮލިސްހިނަގުމާއި އަލަށް ހަވާލުވެ ވަޑައިގަންނަވާ ސަބް އިންސްޕެކްޓަރ އޮޕް ޕޮލިސް އަލްފާޟިލް ސާލިމް އަހްމަދު 7 ނޮވެމްބަރ 2018 ގައި ކައުންސިލަށް ޒިޔާރަތްކުރައްވައި ކައުންސިލާ ބައްދަލުކުރެއްވިއެވެ. މިއީ މަޤާމާއި ޙަވާލުވެވަޑައިގަތުމާއިއެކު ތަޢާރަފްވެވޑައިގަތުމަށް ކޮށްލެއްވި ޒިޔާރަތެކެވެ.  މި ބައްދަލުކޯށްލެވުމުގައި  ކައުންސިލގެ ރައީސް އިބްރާހިމް ނިޔާޒު ،ކައުންސިލް ގެ މެންބަރ އަލްފާޟިލް އަބުދުލް އަޒީޒު އަދި ޑިރެކްޓަރ އަލްފާޟިލް އަބްދުލްމަޖީދު އަބުދުލްޢަނީ ބައިވެރިވަޑައިގެންނެވިއެވެ.

newcommandermeets

ބައްދަލުވުމުގެތެރެއިން

ސަބް އިންސްޕެކްޓަރ އޮޕް ޕޮލިސް އަލްފާޟިލް ސާލިމް އަހްމަދު ގެ އިތުރުން   ޕޮލިސް ސްޓާފް ސާޖެންޓް އަލްފާޟިލް އަޙްމަދު ނަޒްމީން ، ،ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަލްފާޟިލް ހަސަން އަލިފުޅު އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ އަހްމަދު ނިހާދުބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވ.އަތޮޅިކީ ކުއް މަދުކުމަށް ހެދުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެެއްވުމާގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވި އެވެ. . މިވި 2 އަހަރު ތެރޭގައި ޕޮލިސް ހިނަގުމާއި ހަވާލުވެ ހުންނެވި އަލްފާޟިލް ހަސަން އަލިފުޅު ބެހެއްޓެވި ގާތް ކަމާއި ކައުންސިލް އަށް ދެއްވި އެއްބާރުލެއްވުމަށް ކައުންސިލްގެ ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.އަދި މިހާރު ހަވާލުވެ ހުންނެވި ބޭއްފުޅާގެ ފަރާތުންވެސް އެއްބާރުލުން ލިބޭނެކަށް އުންމީދު ކުރާކަށް ރައީސް  ވިދާޅު ވިއެވެ.

You can leave a response, or trackback from your own site.

Leave a Reply