ކަށަވަރު ދޯނި އެހެލުމަށްޓަކައި ގުޅިއަށް ގެންގޮސްފި

ކަށަވަރު ދޯނި މަރާމާތަށް އެހެލުމަށް ގުޅިއަށް ގެންގޮސްފިއެވެ. ދޯނީގެ މަރާމާތަށް 10 ވަރަކަށް ދުވަސް ވާނެކަމަށް ލަފާކުރެވެއެވެ.  ދޯނި މިފަހަރު މި މަރާމާތު ކުރެވެނީ ދޯނިkashavaru1 މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރުމުގެ ސަބަބުން ދޯނީގެ ޙާލަތު ވަރަށްބޮޑަށް ގޯސްވެފައި ވަނިކޮށެވެ. ދޯނީގެ ޚިދުމަތް އައުޓްސޯސްކުރުމަށް ބަޔަކަށް ކުއްޔަށް ދިނުމަށް ފަހު އެއްބަސްވުމާ ޚިލާފުގެން ދޯނި އެމީހުންގެ އަތުން ލިބުނީ  ޝަރީއަތަށް ގޮސް އެންމެ ފަހުން ފުލުހުން މެދުވެރިކޮށްގެންނެވެ.

ދޯނީގެ ޚިދުމަތް އައުޓްސޯސްކުުރުމުގެ ސިޔާސަތުގެދަށުން ދޯނި ޙަވާކޮށްފައިވާ ފަރާތާމެދު މައްސަލަ ދިމާވެފައިވާ ގޮތަށް ކުރުގޮތަކަށް ބަލައިލާނަމެވެ.

  • ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ކަށަވަރު ދޯނި ދުއްވުމާއި ބެލެހެއްޓުމާއި ހިންގުމުގެ އެންމެހައި ކަންތައް އެމް އެން އެޗް ޑީ އިންވެސްޓްމެންޓް ޕުރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 ފެބުރުއަރީ 2017 ގައި.
  • އެއްބަސްވުމުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން  ދޯނި ކުއްޔަށް ހިފައިފައިވާ ފަރާތުން  މަހު ކުލީގެ ގޮތުގައި  ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދައްކަމުން ނުދިއުން
  • ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަތޮޅު ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ދަތުރުތައް ނުކުރުން
  • ދޯނި ދުއްވުމުގެ ކަންކަމުގައި ދެފަރާތުން ބާއްވަންޖެހޭ ގުޅުން އެމް އެން އެޗް ޑީ އިންވެސްޓްމެންޓް ޕުރައިވެޓް ލިމިޓެޑްގެ ފަރާތުން ނުބޭއްވުމާއި މި ކައުންސިލުން ގުޅުމުން ފޯނަށް އެއްގޮތަކަށްވެސް ޖަވާބު ނުދިނުން. (ދޯންޏާއި ޙަވާލުވި ފަރާތާއި ބައްދަލުކުރުމަށް ކައުންސިލުން މާލެއަށް ދަތުރެއްކޮށްގެންވެސް ވަނީ އެފަރާތާއި ބައްދަލުވާގޮތް ނުވެފައެވެ.
  •  ދޯންޏަށް މުދާ އަރުވާ ފަރާތްތަކުން އަރުވާ މުދަލުން ވައްކަންކުރުމާއި މުދަލާއި ފައިސާ ގެއްލުމުގެ ގިނަ ޝަކުވާތައް އަތޮޅު ރައްޔިތުންގެ ފަރާތުން މިކައުންސިލަށް ލިބެމުން ދިއުން.
  • ދޯނި ބެލެހެއްޓޭނެ އެއްވެސް އިންތިޒާމެއް ނެތި މާލޭގެ ފަޅުތެރެއަށް ދޯނި ދޫކޮށްލައިފައިވުމާއި ދޯނީގައި ހުރި އަގުބޮޑު ތަކެތި ގެއްލެމުންދާކަމުގެ މައުލޫމާތު ލިބެމުން ދިއުންދޯނި ބެލެހެއްޓޭނެ އެއްވެސް އިންތިޒާމެއް ނެތި މާލޭގެ ފަޅުތެރެއަށް ދޫކޮށްލައިފައި ވުމުން ދޯނި ދިޔަވެ ފަޅުތެރެއަށް އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު އޮތުން
You can leave a response, or trackback from your own site.

Leave a Reply