ކައުންސިލްގެ 2019 އަށް ލަފާކުރާ ބަޖެޓް ފާސްކޮށްފި

މިކައުންސިލުން 2019 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފިއެވެ. މި ބެޖެޓް ފާސްކޮށްފައިވަނީ 10 ޖެނުއަރީ 2019 ދުވަހު ބޭއްވި މިއަހަރުގެ ފުރަތަމަ ޖަލްސާގައެވެ.

މިއަހަރަށް ކައުންސިލަށް ލިބޭނެކަމަށް ލަފާކޮށްފައިވާ ޢަދަކީ  6,457,000.00ރ. (ހަމިލިޔަން ހަތަރުސަތޭކަ ފަންސާސް ހަތް ހާސް ރުފިޔާ) އެވެ. މީގެތެރޭގައި ދައުލަތުން ދެއްވާ ހިލޭ އެހީގެ3.9 މިލިޔަން ރުފިޔާއާއި ކައުންސިލުގެ އެކި ވިޔަފާރިތަކުން ލިބޭނެކަމަށް ލަފާކުރާ 2.1 މިލިޔަން ރުފިޔާ ހިމެނެއެވެ.

ކައުންސިލުން ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ  5,518,000.00ރ. (ފަސް މިލިޔަން ފަސް ސަތޭކަ އަށާރަހާސް ރުފިޔާ) އެވެ.

ކައުންސިލުގެ އެންމެ ބޮޑު ޚަރަދެއް ހިނގަނީ އިދާރީ ހިންގުމަށެވެ.  މިކަމަށް 3.9 މިލިޔަން ހިނގާނެ ކަމަށް ލަފާކުރާއިރު ކައުންސިލުން ހިންގާ ފިޔަފާރީގެ އެންމެ ބޮޑު ޙަރަކާތް ދޫފަހި ސްކީމަށް 1 މިލިޔަން ވަނީ 2019 އަށް ބަޖެޓް ކޮށްފައެވެ.

2019 އަހަރަށް ބަޖެޓް ފާސްކޮށްފައިވަނީ ކައުންސިލްގެ އިއްތިފާޤުންނެވެ.

You can leave a response, or trackback from your own site.

Leave a Reply