މިއިދާރާއަށް އެކައުންޓް އޮފިސަރެއް ބޭނުންވެގެން ދެވަނަ ފަހަރަށް އިޢުލާންކޮށްފި

މިއިދާރާއަށް އެކައުންޓް އޮފިސަރެއް ބޭނުންވެގެން 6 ފެބްރުއަރީ 2019 ގައި ކުރި އިޢުލާނަށް ޝަރުޠު ހަމަވާ މީހަކު ނުލިބުމުން ދެވަނަ ފަހަރަށް މިއަދު (24 ފެބްރުއަރީގައި) އިޢުލާންކޮށްފިއެވެ. މިއީ އެމް އެސް 1 ރޭންކުގެ ދާއިމީ މަޤާމެކެވެ. މި މަޤާމުގެ މުސާރައަކީ 5610ރުފިޔާއެވެ. ސާވިސް އެލަވަންސްއަށް 2000 ރުފިޔާ ލިބޭއިރު ކޯ އެލަވަންސްއަށް 700 ރުފިޔާ ލިބޭނެއެވެ.
މިއީ މި އިދާރާގައި 31 އަހަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އަލްފާޟިލް ޢަބްދުލް ޙަންނާނު އިބްރާހީމް މުސްކުޅި ކުރެއްވުމާ ގުޅިގެން ހުސްވި މަޤާމެކެވެ. މި މަޤާމުގެ ޝަރުޠަކީ މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމެވެ. މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 7 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް (info@vaav.gov.mv) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
މި އިޢުލާން މި ވެބްސައިޓްގެ އިޢުލާން ޞަފްޙާއިން ލިިބިވަޑައިގަންނަވާނެއެވެ. އަދި ފޯމާއި އެހެނިހެން މައުލޫމާތު ޑައުލޯޑު ޞަފްޙާއިން ލިބިވަޑައިގަންނަވާނެއެވެ.

You can leave a response, or trackback from your own site.

Leave a Reply