ކޮމްޕިއުޓަރ ޓެކްނީޝަނެއް ބޭނުންވެއްޖެ

މިއިދާރާއަށް ކޮމްޕިއުޓަރ ޓެކްނީޝަނެއް ބޭނުންވެގެން 17 ފެބްރުއަރީ 2019 ގައި އިޢުލާންކޮށްފިއެވެ. މިއީ އެމް އެސް 2 ރޭންކުގެ ދާއިމީ މަޤާމެކެވެ. މި މަޤާމުގެ މުސާރައަކީ 6295ރުފިޔާއެވެ. ސާވިސް އެލަވަންސްއަށް 2000 ރުފިޔާ ލިބޭއިރު ކޯ އެލަވަންސްއަށް 700 ރުފިޔާ ލިބޭނެއެވެ.  މި މަޤާމުގެ ޝަރުޠަކީ  މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން،  ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމެވެ. މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ފެބުރުއަރީ  2019 ވާ  ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް (info@vaav.gov.mv) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. މި އިޢުލާން މި ވެބްސައިޓްގެ އިޢުލާން ޞަފްޙާއިން ލިިބިވަޑައިގަންނަވާނެއެވެ. އަދި ފޯމާއި އެހެނިހެން މައުލޫމާތު ޑައުލޯޑު ޞަފްޙާއިން ލިބިވަޑައިގަންނަވާނެއެވެ.

You can leave a response, or trackback from your own site.

Leave a Reply