ޤުރްއާން މުބާރާތް 2019އިންތިޒާމްކުރުމާބެހޭގޮތުން އަތޮޅު ކައުންސިލުން ފުލިދޫގެ ކައުންސިލާއި އަތޮޅު މަދަރުސާއާއި މަޝްވަރާ ކޮށްފި

DSC_0461

ފުލިދޫގައި ބޭއްވި ބައްދަލުވުމުގެތެރެއިން

(15 އޭޕްރީލް 2019 – 16:15- ފުލިދޫ) އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަތޮޅު ޤުރްއާން މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފުލިދޫގައެވެ. އެހެން ކަމާއެކު މުބާރާތުގެ ކަންކަން އިންތިޒާމްކުރުމާއި އަދި ޚާއްޞަކޮށް މުބާރާތް ބާއްވާނެ ތާރީޚެއް ކަނޑައެޅުމާބެހޭގޮތުން މިކައުންސިލުން ފުލިދޫގެ އިސްފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މި ކައުންސިލްގެ ރައީސް އިބްރާހީމް ނިޔާޒާއި މެމްބަރު ޢަބްދުލްޢަޒީޒްގެ އިތުރުން އިދާރީ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ފުލިދޫގެ ފަރާތުން ކައުންސިލްގެ ރައީސާއި ދެ މެމްބަރުންނާއި ޒވ އަދި އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޢަބްދުލްމުއުމިން ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މުބާރާތުގެ ޤަވާޢިދަށް ގެނެވިފައިވާ ބަދަލުތަކާއި މެހެމާން ޓީމްތަކަށް ފުލިދޫން މަރުޙަބާކިޔުމާއި ތިބުމާއި އެހެނިހެން އިންތިޒާމްތައް ހަމަޖެއްސުމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މީގެ އިތުރުން މުބާރާތުގެ ޚަރަދުތަކާއި ފަންޑު ހޯދުމާއި އިންޞާފްކުރުމާއި މިފަދަ އެންމެހައިކަންކަމާގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

You can leave a response, or trackback from your own site.

Leave a Reply