އަތޮޅު ކައުންސިލްގެ 8 ވަނަ ޤުރްއާން މުބާރާތް ކާމިޔާބު ކަމާއެކު ނިމިއްޖެ

DSC_1458

މުބާރާތުގެ ގަދަ 10 އާއެކު ޝަރަފްވެރި މެހެމާނާއި ކައުންސިލްގެ ރައީސް

އެހެން އަހަރުތަކަކޭ އެއްގޮތަށް މިއަހަރު އަތޮޅު ކައުންސިލްގެ 8 ވަނަ ގުރްޢާން މުބާރާތް ބޭއްވުނީ 19 ޖުލައި 2019 ވީ ހުކުރު ދުވަހު 8:00 ގައި ވ. އަތޮޅުމަދަރުސާގައެވެ. މުބާރާތް ފައްޓަވާދެއްވީ މުބާރާތުގެ އިސްފަނޑިޔާރު އަލްޤާރީ މުޙައްމަދު ޢަބުދުލްޙަމީދެވެ.. ޤުރްއާނުގެ ބަރަކާތުން މުބާރާތް ފައްޓަވާ ދެއްވުމަށްފަހު ފަނޑިޔާރުން ފަނޑިޔާރުކަން ކުރެއްވުވުމުގައި ގެންގުޅުއްވާނޭ ހަމަތައް ކިޔާދެއްވިއެވެ. އެއަށްފަހު މި މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ކިޔެވުންތަށް ކުރިއަށް ގެންދެވުނެވެ.ދެ ދަންފަޅިއަކަށް ބަހައިލައިގެން ގެންދެވުނު މުބާރާތުގެ ފުރަތަމަ ދަންފަޅި ނިމިފައިވަނީ 11:30 ގައެވެ.ދެވަނަ ދަންފަޅީގެ ކިޔެވުން ފެށިފައިވަނީ 14:00 ގައި އަތޮޅު މަދަރުސާގައެވެ. އަތޮޅު ކައުންސިލްގެ 8 ވަނަ ގުރްޢާން މުބާރަތުގައި ކިޔެވުމަށް ހަމަޖެހިފައިވާ ހުރިހާ ދަރިވަރުންގެ ކިޔެވުން ނިމިފައި ވާނީ 17.30ގައެވެ. އަތޮޅު ކައުންސިލްގެ 8 ވަނަ ގުރުޢާން މުބާރާތުގެ ނަތީޖާ ފާޅުކުރުން
އަތޮޅު ކައުންސިލްގެ 8 ވަނަ ޤުރްއާން މުބާރާތް ނިމި ނަތީޖާ ފާޅުކުރުމާ އިނާމު ދިނުމުގެ ޖަލްސާ 20 ޖޫން 2018 ވާ ހޮނިހިރު ހެނދުނު 9.00ގައި ވ. އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވުނެވެ. ޖަލްސާ ތަޢާރަފުކޮށް ދެއްވީ އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ އަލްފާޟިލް ޢަބުދުލްމަޖީދު ޢަބުދުލްޣަނީއެވެ. މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޟަން މިނިސްޓްރީގެ މާލޭ ޒޯނަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރ އަލްފާޟިލް ޢަބުދުލްމުހައިމިނު ނަޞީރެވެ. އަލްފާޟިލް ޢަބުދުލްމުހައިމިނު ނަޞީރުގެ ވާހަކަފުޅުގައި ވ. އަތޮޅު ކައުންސިލުން ވޭތުވެދިޔަ 8 އަހަރުގައި މި މުބާރާތް މެދުކެނޑުމެއްނެތި ހިންގާފައިވާކަމީ ދަރިވަރުންގެ ކުރިއެރުމަށް ޚާއްޞަކޮށް ޤުރްއާނަށް ދެއްވާ އަހުމިއްޔަތު ކަންކަމަށާއި، އެހެންކަމުން މިއީ ވ. އަތޮޅު ކައުންސިލުން ހިންގަވާ ވަރަށްރަގަޅު މުބާރާތެއްކަމަށް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ނިޔާޒް ދެއްކެވި ވާހަކާގައި މިއަހަރުގެ މުބާރާތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށާއި، ނަމަވެސް މުބާރާތް އެންމެފަހުން ނިމިގެން މިދިޔައީ ވަރަށްހިތްހަމަޖެހޭ ގޮތަށްކަމުގައި ވިދާޅުވިއެވެ. ކުރިއަށްއޮތް ބާއްވާގޮތް ތަފާތުކޮށްލަން ޖެހިދާނޭކަމަށް ވިދާޅުވިއެވެ. މި މުބާރާތަށް ކައުންސިލުން ވަރަށްބޮޑު ޚަރަދު ކުރެއްވި ކަމަށާއި، މިފަހަރުގެ ކުރިއަށްއޮތްއަހަރު މުބާރާތް އިތުރަށް ހަރުދަނާ ކުރައްވަން ބޭނުންފުޅުވާ ކަމަށާއި، މިފަހަރުގެ ހިތުންކިޔެވުމުގައި ބައެއް ޢުމުރުފުރާތަކުގެ ދަރިވަރުންނަށް ނުކިޔެވިވާކަމަށާއި، އެހެންކަމުން ހިތުންކިޔެވުމުގެ މުޤައްރަރަށް އެއްވެސް ބަދަލެއް ކުރިއަށްއޮތް އަހަރުގެ މުބާރާތަށް ނުގެންނަވާނޭކަމަށް ވިދާޅުވިއެވެ. އަތޮޅުކައުންސިލުން މި މުބާރާތް ބާއްވަން ނިންމެވި މަޤުޞަދު ވަރަށްރަގަޅަށް ޙާޞިލުވާކަމުގެ ހިތްހަމަޖެހުން މިފަހަރުގެ މުބާރާތުން ފެނިގެން ހިގައްޖެކަމަށް ވިދާޅުވިއެވެ. މިގޮތުން މުބާރާތުގައި ކިޔެވި ކުދިންގެ ނަތީޖާއަށް ބަލާއިރު ހުރިހާ އަހަރަކަށްވުރެ ރަގަނޅު މާކްސް ގިނަކުދިންގެ މަތިކަން އުފަލާއެކު ފާހަގަކުރައްވާކަމަށް ވިދާޅުވިއެވެ. ރައީސްގެ ވާހަކަކޮޅު ނިންމަވާލައްވަމުން އަންނަ އަހަރުގެ މުބާރާތް ބޭއްވުމުގައި ބަދަލެއް ގެންނަވަން ބޭނުންފުޅު ވާކަމަށާއި، އެހެންކަމުން މި ޖަލްސާގައި މުބާރާތް ބާއްވާނެ ރަށެއް އިޢުލާނު ނުކުރެއްވީ ކަމުގައި ވިދާޅުވިއެވެ.
މި މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ ދަރިވަރަކަށް ހޮވިފައިވަނީ 92 މާކްސް ހޯދައިގެން ވ.ކެޔޮދޫ ސްކޫލްގެ ދަރިވަރު ވ. ކެޔޮދޫ އައްސޭރި ޙުސައިން ސިމާޙު އިބްރާހީމެވެ. 2 ވަނަ ދަރިވަރަކީ 90 މާކްސް ހޯދައިގެން ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރު ނަޙުޒާނު އަޙުމަދު ޙުސައިނެވެ. 3 ވަނަ ދަރިވަރަކީ 89 މާކްސް ހޯދައިގެން ވ. ކެޔޮދޫ މާފޮޅޭގޭ ޙުސައިން ޝާއިފް ޝަމީމެވެ.
މުބާރާތައް އަތޮޅުކައުންސިލުން އަލަށް ގެންނެވި ބަދަލާއެކު ސްކޫލް ވަނަ ހޮވުމުގެ ބަދަލުގައި މުޅި މުބާރާތުގެ އެންމެގަދަ 10 ދަރިވަރުން ހޮވާގޮތަށް ހަމަޖައްސާފައިވުމާއެކު މިފަހަރުގެ މުބާރާތުގެ އެންމެގަދަ 10 ދަރިވަރުންވަނީ ހޮވިފައެވެ. މި ދަރިވަރުންގެ ލިސްޓް ތިރީގައި އެވަނީއެވެ. މުބާރާތުގެ ގަދަ 10 އަކަށް ހޮވުމަށް 70 މާކްސް ހޯދަންޖެހެއެވެ. މިގޮތުން މިޢަދަދަށް މާކްސް ހޯދައިގެން މިފަޚުރުވެރި މަޤާމަށް ހޮވުނު ދަރިވަރުންނަކީ:
1- ކެޔޮދޫ ސްކޫލްގެ ދަރިވަރު ޙުސައިން ސިމާޙު އިބްރާހިމް /އައްސޭރި ވ. ކެޔޮދޫ
2- ” ” ނަޙުޒާނު އަޙުމަދު ޙުސައިން /ވީނަސްސްޓަރ ވ. ކެޔޮދޫ
3- ” ” ޙުސައިން ޝާއިފް ޝަމީމް / މާފޮޅޭގެ ވ. ކެޔޮދޫ
4- ” ” ޔަޢީޝް މުޙައްމަދު ނަޢީމް / ފެހިވިލާ ވ. ކެޔޮދޫ
5- ” ” ޢާއިޝަތު އަޒުހާ ޢަބުދުލްޤާދިރު/ އާގަރާގެ ވ. ފެލިދޫ
6- ” ” ޙުސައިން ކިނާން އަޝްރަފު / މިނިވަންއައްސޭރި ވ. ކެޔޮދޫ
7- ” ” ރަނާ ޙަސަން ޙުސައިން / ވީނަސްސްޓާރ ވ. ކެޔޮދޫ
8- ” ” އާމިނަތު ޔަމާނީ / ބަހާރީ ވ. ކެޔޮދޫ
9- ވ. އަތޮޅު AVCގެ ދަރިވަރު ސައުފާ މޫސާ / ލައިނޫފަރުމާގެ ވ. ކެޔޮދޫ
10- ” މަދަރިސާގެ ދަރިވަރު ޔައީސް ޢަބުދުﷲ ޖަލީލް / ހުވަނދުމާގެ ވ. ފުލިދޫ

You can leave a response, or trackback from your own site.

Leave a Reply