ވ. އަތޮޅު ސްޓޭޓް ގެސްޓް ހައުސް މަރާމާތު ކުރުމަށް 4 ފަރާތަކުން ބިޑްކޮށްފި

ސްޓޭޓް ގެސްޓްހައުސްގެ އިމާރާތެއް

ސްޓޭޓް ގެސްޓްހައުސްގެ އިމާރާތެއް

ވ. އަތޮޅު ސްޓޭޓް ގެސްޓް ހައުސް މަރާމާތު ކުރުމަށް 28 އޮކްޓޯބަރ 2019  ގައި ބިޑަށް ހުޅުވާލުމުން 4 ފަރާތަކުން ވަނީ ބިޑްކޮށްފައެވެ. މީގެ ތެރެއިން ދެ ފަރާތަކުން ބިޑް ހުށަހަޅާފައިވަނީ އަތޮޅު ކައުންސިލް އިދާރާއަށެވެ. އަދި ދެ ފަރާތެއްގެ ބިޑް ހުށަހަޅާފައިވަނީ ހޯމް މިނިސްޓްރީއަށެވެ. މި 4 ފަރާތުން ހުށަހަޅާފައިވާ ބިޑްތައް މި ކައުންސިލްގެ ބިޑް ކޮމިޓީއިން މާލިއްޔަތު ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އެވަލުއޭޓްކޮށް އެންމެ މަތިން މާރކްސް ލިބޭ ފަރާތަކަށް ވ. އަތޮޅު ސްޓޭޓް ގެސްޓް ހައުސް މަރާމާތު ކުރުން ހަވާލުކުރެވޭނެއެވެ.

ވ. އަތޮޅު ސްޓޭޓް ގެސްޓް ހައުސްގެ ގޮތުގައި މަރާމާތު ކުރުމަށް ހަމަޖެހިފައިވާ އިމާރާތަކީ މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވުމުގެ ސަބަބުން ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައިވާ އިމާރާތެކެވެ.

You can leave a response, or trackback from your own site.

Leave a Reply