ވ. އަތޮޅު ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށައިފި

viber_image_2019-11-18_09-09-35

އިފްތިތާޙީ ބައްދަލުވުމުގެ ތެރެއިން

ވ. އަތޮޅު ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށިއްޖެއެވެ. މި މޮނިޓަރިންގެ މައިގަނޑު މަގްޞަދަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 61 ވަނަ މާއްދާގެ (ހ) އަދި (ށ) އިން ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނު އަސާސީ އާއި ލާމަރުކަޒީ ޤާނޫނާއި އަދި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށްތޯ ބެލުމެވެ. މިގޮތުން މި ކައުންސިލް މޮނިޓަރކުރުމުގެ މަސައްކަތުގައި ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ފަރާތުން ބައިވެރިވެވަޑައި ގަންނަވަނީ، އިބްރާހީމް އުމަރު މަނިކު- އެސިސްޓެންޓް ޕްރޮޖެކްޓަ އޮފިސަރ އަދި އާދަމް ފުރްޤާން- އޮޑިޓަރ އެވެ.
18 ނޮވެމްބަރ 2019 ވީ ހޯމަ ދުވަހު، މޮނިޓަރިން ޓީމްގެ ފަރާތުން ކައުންސިލްގެ މެންބަރުންނާއި، ޒިންމާދާރުވެރިޔާއާއި، ފައިނޭންސް އަދި ބިއުރޯގެ މަސައްކަތް ކުރައްވާ އެންމެ އިސްމުވައްޒަފުންނާއި ބައްދަލުކޮށް މޮނިޓަރިން ކުރިއަށްދާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި 18 ނޮވެމްބަރ 2019 އިން 21 ނޮވެމްބަރ 2019 އަށް މި މޮނިޓަރިން ވ. އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. މި މޮނިޓަރިންގައި 2018 ވަނަ އަހަރު މި ކައުންސިލުން ހިންގާފައިވާ މުޢާމަލާތްތަށް މޮނިޓަރކުރެވޭނެއެވެ.

You can leave a response, or trackback from your own site.

Leave a Reply