ކޮވިޑް -19 އާއި ގުޅިގެން މިކައުންސިލުން ޚާއްޞަ ފިޔަވަޅުތަކެއް

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާއި ގުޅިގެން މިކައުންސިލުން މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވައިފިއެވެ. މިގޮތުން އެޅުއްވި އެންމެ އެންމެ މުހިއްމު ފިޔަވަޅަކީ ކައުންސިލަށް ބަލައިގަންނަ ހުރިހާ ފައިސާއެއް ޓްރާންސްފަރ މެދުވެރިކޮށް ކުރުުމެވެ. އާދެ! ނަގުދު ފައިސާ ބަލައިގަތުން ހުއްޓައިލުމެވެ. ނަގުދުފައިސާ އަކީ ވަރަށް ނިގަ ބަޔެއގެ އަތްއަތްމަތިން އަންނަ އެެއްޗެކެވެ. އޭގެ ސާފުތާހިރު ކަމާމެދު ވަރަށް ގުން ފަހަރަށް ފަރުވާ ކުޑަކޮށްލެވޭ އެއްޗެކެވެ. އެހެންކަމާއެކު ނަގުދު ފައިސާގައި އަތް ނުބީހި އެކަން ކުރެވޭނެ ގޮތެއް މިހާރު އޮތުމާއެކު އެގޮތަށް ކަންތައް އިންތިޒާމްކުރީ މުވައްޒަފުންގެ ސަލާމަތަށްޓަކައެވެ.
ކައުންސިލުން ދެން އެޅުއްވި އަނެއް ފިޔަވަޅަކީ ކައުންސިލް އިދާރާ ކުރިއަށްވުރެ ބޮޑަށް ސާފުކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށެވެ. މިގޮތުން މުވައްޒަފުން ބޭނުންކުރާ ކޮމްޕިއުޓަރ ތަކާއި ފޯނާއި އެހެނިހެން މެޝިންތައް ސާފުކުުރުމުގެ މަސައްކަތް މިހާރު ކުރެވެމުން ދެއެވެ. ކޮމްޕިއުޓަރ މައުސްއާއި ކީބޯޑަކީ އޭގައި ވަރަށް ގިނައިން ޖަރާސީމު ހުންނަ ކަމަށް ބުނެވޭ އެއްޗެކެވެ. އަދި ސާފުކުރުމުގައި މާބޮޑު ސަމާލުކަމެއް ނުދެވޭ ތަކެއްޗެވެ. އެހެން ކަމުން މިކަމަށް މިކައުންސިލްގައި މިހާރުވަނީ ވަރަށް ބޮޑި ސަމާލުކަމެއް ދެވިފައެވެ.
ކައުންސިލުން އެޅުއްވި އަނެއް ފިޔަވަޅަކީ މި ރޯގާއާއި ގުޅީގެން އެންމެ ޢާއްމުކޮށް ދެކެވެމުން އަންނަ ވާހަކަ ކަމުގައިވާ އަތް ދޮވުމުގެ ކަންތަކެވެ. މި އިދާރާގެ މުވައްޒަފުންވަނީ މިކަމަށް ހޭލުންތރިކުރުވައި އަތް ދޮންނާނެ ފުރިހަމަގޮތް ދަސްކޮށްދީ ތަމްރީން ކުރެވިފައެވެ.

You can leave a response, or trackback from your own site.

Leave a Reply