ލޯކަލް ގަވަރމެންޓް އޮތޯރިޓީން މިއަތޮޅުގެ ކައުންސިލްތަކަށް މާސްކާއި އަންގިއާއި ސެނިޓައިޒަރ ހަދިޔާކުރައްވައިފި.

އެލް ޖީ އޭ އިން ފޮނުއްވި ބައެއް ތަކެތި

އެލް ޖީ އޭ އިން ފޮނުއްވި ބައެއް ތަކެތި

ލޯކަލް ގަވަރމެންޓް އޮތޯރިޓިން މިއަތޮޅުގެ ކައުންސިލްތަކަށް މާސްކާއި އަންގިއާއި ސެނިޓައިޒަރ ހަދިޔާކުރައްވައިފިއެވެ. މި ތަކެއްޗަކީ ރަށެއްގައި މީހަކު
ކަރަންޓީނުކުރެވި ނުވަތަ އެކަހެރި ކުރެވިފައިވާ ޙާލަތެއްދިމާވެ، ކޮންމެހެން ޒިޔާރަތްކޮށް ޒަރޫރީ ޚިދުމަތެއް ކައުންސިލްގެ ފަރާތުން ދޭން ޖެހިއްޖެ ޙާލަތެއްގައި އެފަދަ މުވައްޒަފުން ބޭނުންކުރުމަށް ފޮނުއްވި ތަކެއްތެވެ.

މިގޮތުން މި އަތޮޅުގެ ކައުންސިލްތަކަށް ޖުމުލަ 300 އަންގިއާއި 25 ފުޅި ސެނިޓައިޒަރ އަދި 2750 މާސްކް ވަނީ ލިބިފައެވެ. މިތަކެތި އެލް ޖީއޭ އިން އަންގަވައިފައިވާ ޢަދަދަށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ރަށުކައުންސިލްތަކާ ގުޅިގެން މިކައުންސިލުން އެބަ ކުރެއެވެ.

You can leave a response, or trackback from your own site.

Leave a Reply