ވ. އަތޮޅު ކައުންސިލްގެ 13 ވަނަ ޖަލްސާ ބާއްވައިފި

މިކައުންސިލްގެ ރަސްމީ 13 ވަނަ ޢާއްމު ޖަލްސާ 28 ސެޕްޓެމްބަރ 2020 ވީ ހޯމަ ދުވަހު 9:30ގައި މިކައުންސިލް އިދާރާގައި ބާއްވައިފިއެވެ. މި ޖަލްސާގައި ކައުންސިލްގެ ރައީސާއި 2 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ކައުންސިލްގެ ރައީސް އިބްރާހީމް ނިޔާޒާއި މެމްބަރު ޢަބްދުލްޢަޒީޒު އިބްރާހީމްކައުންސިލްގެ އިދާރާގައި ތިއްބެވިއިރު ނާއިބުރައީސް މުޙައްމަދު  އަޙްމަދު މަނިކު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ މާލޭގައި ހުންނަވައިގެން ފޯނު މެދުވެރިކުރައްވައިގެންނެވެ.
މި ޖަލްސާއި މުހިއްމު ދެ ކަމެއް ވަނީ  ހުށަހަޅުއްވައި،  މަޝްވަރާކުރައްވައި، ފާސްކުރައްވައިފައެވެ. އެއީ އަތޮޅު ރައްޔިތުންގެ ތަރައްޤީގެ ފަންޑުގެ ދަށުން ޢާއްމު ރައްޔިތުންނަށް މުދާ ގަނެދިނުމުގެ ޕްރޮގްރާމް ދޫފަހި ސްކީމް ކޮވިޑް-19ގެ ޙާލަތުގައި ކުރިއަށް ގެންދިއުމަށް އެކުލަވާލެވިފައިވާ އުޞޫލު ފާސްކުރެއްވުމާއި،  އެއްގަމު ލައިސަންސް ވ. އަތޮޅުގައި ދޫކުރުމާއި ބެހޭގޮތުން  ވ އަތޮޅު ހިމެނޭ ޒޯންގެ ލައިސަންސް ދޫކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިޔަށް ގެންދިޔުމަށް  ފާސްކުރެއްވުމެވެ.

މި ދެކަންތަކަކީވެސް އަތޮޅުގެ ރައްޔިތުންނަށް މިވަގުތަށް މުހިއްމު ދެ ކަންތައް ކަން ފާހަގަކުރެވެއެވެ.

You can leave a response, or trackback from your own site.

Leave a Reply