ޤައުމީ ދުވަސް1442- ދިދަނެގުމުގެ ރަސްމިއްޔާތު

ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު 2020 އޮކްޓޫބަރު 18 ވަނަ ދުވަހު ހެދުނު 6:00 ގައި މި އިދާރާގައި އޮތެވެ. މި ރަސްމިއްޔާތަށް ފެލިދޫގެ ހުރިހާ ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ކުންފުނި ތަކުގެ ވެރިންނާއި މުވައްޒަފުން ވަޑައިގެންނެވިއެވެ. މި ރަސްމިޔާތަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާދަންނަވައި ރަސްމިއްޔާތު ތަޢާރަފްކޮށްދެއްވީ މި ކައުންސިލްގެ ޑިރެކްޓަރ އަލްފާޟިލް ޢަބްދުލް މަޖީދު ޢަބްދުލްޣަނީއެވެ. ޑިރެކްޓަރގެ ވާހަކާގައި ޤައުމީ ދުވަހުގެ ތަހުނިޔާ ހުރިހާ ފަރާތްތަކަށް ރައްދުކުރައްވައި، ރަސްމިއްޔާތަށް ވަޑައިގެންނެއްވި ފަރާތްތަކަށް ރަސްމިއްޔާތު ތަޢާރަފްކޮށްދެއްވައި މަރުޙަބާ ދެންނެވިއެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ފެލިދޫ ޕޮލިސް ޝްޓޭޝަންގެ އެޓޯލް ކޮމާންޑާރ ސަބް އިންސްޕެކްޓާރ އޮފް ޕޮލިސް އަލްފާޟިލް އަބޫބަކުރު އަލީ އެވެ. އޭގެ ފަހުގައި ހުރިހާ އެންމެން ޤައުމީ ސަލާމް ކިޔުން އޮތެވެ. ޤައުމީ ސަލާމަށްފަހު ދެން އޮތީ ޝަރަފްވެރި މެހެމާނު ފެލިދޫ ޕޮލިސް ޝްޓޭޝަންގެ އެޓޯލް ކޮމާންޑާރ ސަބް އިންސްޕެކްޓާރ އޮފް ޕޮލިސް އަލްފާޟިލް އަބޫބަކުރު އަލީ ވާހަކަ ފުޅު ދެއްކެވި އެވެ. އަލްފާޟިލް އަބޫބަކުރު އަލީ ގެ ވާހަކަފުޅުގައި ޤައުމީ ދުވަހުގައި އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭ ބައެއް ކަންކަމަށް އަލިއަޅުވައިލެއްވިއެވެ. އަދި ޤައުމިއްޔަތު ދިރުވުމަކީ ކޮންމެމީހެއްގެވެސް ވާޖިބެއްކަމަށް ވިދާޅުވިއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު ނިމުނީ 6:10 ގައެވެ.

You can leave a response, or trackback from your own site.

Leave a Reply