އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަކީ މިއަތޮޅުގައި އަދި މިހާތަނަށް ނުފެށިވާ ޚިދުމަތެކެވެ. މިކަން ނުފެށިމިވަނީ ވ. އަތޮޅުގެ މި ކުދިކުދި ރަށްރަށުގައި

އެއްބަސްވުމުގައި ސޮއިކުރުމުގެ  ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމަކީ އެކަމާމެދު ކޮންމެވެސްވަރެއްގެ ޚިޔާލު ތަފާތުވުމެއް އުފެދިފައިވާ ކަމެއްކަމުގައި ވުމުންވެސް މެއެވެ. އެހެން ނަމަވެސް ޒޫރުރަތު އެކަމަށް އޮތުމާއި ނެތުން އެއްކިބާކޮށްފައި، އުޅަނދެއް ދުއްވާ މީހާއަށް ލައިސަންސް ނެގޭނެ ގޮތް އަތޮޅުން އިންތިޒާމްކުރުމުގެ މުހިއްމު ކަން ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުންވެސް މިކަމަށް ނުހަރު ބާރު އަޅުއްވާމެއެވެ.
އެހެންކައުންސިލުން މިކަމާ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި މިހާރު މިވަނީ މި ޚިދުމަތް އަވަސް މުއްދަތެއްގެތެރޭގައި ފެށޭނެ ކަމުގެ އުއްމީދު އިތުރުވެފައެވެ. ދުއްވުމުގެ އަމަލީ އިމްތިހާނު ދިނުމަށް ކަމާބެހޭ އިދާރާއިން ދެއްވައިފައިވާ މިންގަޑާއެއްގޮތަށް ތަން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ފެށިގެން ކުރިއަށެވެ. މި ކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.  މަސައްކަތް ޙަވާލުވީ ފަރާތުން އެތަނުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ. މި ތަން ނިމުމުން ދެން އޮންނާނީ އެގްޒެމިނަރުން ހޯދުމާއި އިދާރީ އެހެނިހެން ކަންކަން ހަމަޖެއްސުމެވެ. މި ކައުންސިލްގެ އަމާޒަކީ މިއަހަރުގެ ފުތަރަމަ ކުއާޓަރގެތެރޭގައި ލައިސަންސް ދޫކުރުމެވެ.

You can leave a response, or trackback from your own site.

Leave a Reply