ފެލިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޙަރަކާތްތެރިވުމަށް އުފައްދައިފައިވާ ޓީމްގެ ބޭފުޅުން އަތޮޅުކައުންސިލްގެ ބޭފުޅުންނާއި މިއަދު (10 ފެބްރުއަރީ 2021ވީ ބުދަ ދުވަހު) ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އެ ޓީމްގެ ފަރާތުން މިހާ ހިސާބަހަށް ކޮށްފައިވާ މަސައްކަތާއި އަދި ކުރިއަށް އޮތް ތަނުގައި ކުރަން ރާވާފައިވާ ކަންކަމާބެހޭގޮތުން މައުލޫމާތު ދެއްވި އެވެ. އަލިފާން ނިއްވާ ޓީމްގެ ފަރާތުން އިސްވެ މައުލޫމާތު ދެއްވީ އެޓީމްގެ އިސް މެމްބަރު ޢަލީ ނިއުޝާދެވެ.
މިޓީމްގެ މެމްބަރުންނާއި އެކު އައޮޅުކައުންސިލްގެ މެމްބަރުން ދެއްކެވި ވާހަކައިގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އެފަދަ ކަމެއް ހިނގައިފިނަމަ އެކަމަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ މަސައްކަތަކީ ވަރަށް މުހިއްމު އިންސާނީ ޚިދުމަތެއްކަމުގައި ގާހަގަކުރެއްވި އެވެ. އަދި ޓީމްގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރެއްވުމާއި އެކު މި ކައުންސިލުން ޓީމާއެކު އެއްބާރުލުން ދެއްވައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި އަލިގާނުގެ ޙާދިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން މި ކައުންސިލުން ކުރުން މުހިއްމު ކަންކަމާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނެވެ.
މި ބައްދަލުވުމުގައި ކަންސިލްގެ ރައީސާއި ނާއިބް ރައީސާއި މެމްބަރާއި ވަގުތީ ސެކްރެޓަރީ ޖެނެރަލާއި ކައުންސިލް ބިއުރޯ ބައިވެރިވިއެވެ.
އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޙަރަކާތްތެރިވާ ފެލިދޫ ޓީމް އަތޮޅު ކައުންސިލާ ބައްދަލުކުރުން

