ކައުންސިލްގެ ފުރަތަމަ ކޯޕަރޭޓް ދުވަސް

Logo in a Dark BG

ކައުންސިލްގެ އަމިއްލަ ލޯގޯ

ކައުންސިލްގެ ހިންގުމުގެ ވައްޓަޓަފާޅި ޒަމާނީކުރުމަށް ކުރަމުގެންދާ މަސައްކަތުގެތެރެއިން ފުރަތަމަ ފާގަފަކުުރި ކައުންސިލް ދުވަސް ނުވަތަ ކޯޕަރޭޓް ދުވަސް މިއަދު 19 ނޮވެމަބަރގައި ފާހަގަކޮށްފިއެވެ. މަސައްކަތުގެ ތެރެއިން މުވައްޒަފުންނަށް އުފާާވެރި ވަގުތުކޮޅެއް އުފެއްދުންތެރި ގޮތެއްގައި ހޯދައިދިނުމާއި ހިތްހަމަޖެހޭ މާއުލަކަށް އިދާރާގެ މަސައްކަތުގެ މާހަލު ހެދުމުމުގެ މަޤްޞަދުގައި މިއަދު ކުރެވުނު އެއް މަސައްކަތަކީ އިދާރާގެ ސާވިސް ޗާރޓަރ ސާދާކުރުމުގެ މަަސައްކަތެވެ. ޓީމްތަކަކަށް ބަހައިލައިގެން ކުރިއަށް ގެންދެވުނު މި ޙަރަކާތުގައި މުވައްޒަފުން ޝައުޤުވެރިކަަމާއެކު ބައިވެރިވެފައި ވެއެވެ. އަދި ޙަރަކާތުން މުއާމަލާތުކުރުމާބެހޭ (ނުވަތަ ނޮންވާރބަލް ކޮމިއުނިކޭޝަނާބެހޭ) ކުޅިވަރެއް އިދާރާގެ ގޯތިތެރޭގައި ކުރިއަށް ގެންދެވުނެވެ. މިހާރު ހަމަޖަައްސައިފައިވާގޮތުން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހަކީ ކައުންސިލްގެ ކޯޕަރޭޓް ދުވަހެވެ. އެދުވަހު މުވައްޒަުން އިދާރާއަށް ނުކުންނާނީ ޚާއްޞަ ޔުނިފޯމެއްގައެވެ.

You can leave a response, or trackback from your own site.

Leave a Reply