މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް ޑޮކްޓަރ ޑޮކްޓަރ ޢަބްދުﷲަ މައުޞޫމް މި މަހުގެ 18 އިން 19 އަށް މި އަތޮޅަށް ޒިޔާރަތެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި މިއަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ރަށްރަށުގެ އިސް ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ބައްދަލުކުރެއްވުމަސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުރަން ރާވާ ކަންތައްތަކާ ގުޅޭ މަޝްވަރާކުރެއްވުމަށް ތިނަދޫގައި އަތޮޅު ފެންވަރުގެ ބައްދަލުވުުމެއް ބޭއްވުމަށްވެސް ގެންދަވަނީ ތައްޔާރުވަމުންނެވެ. މި ބައްދަލުވުމުގައި މިއަތޮޅުިގެ ހުރިހާ ކައުންސިލްތަކުންނާއި ރަށްރަށުގައި ފަރުތުވެރިކަމުގެ ޚިދުމަތްދެއްވާ ފަރާތްތަކުން ބައިވެރިވާނެއެވެ.
ވ. އަތޮޅު ފަތުރުވެރިންގެ މަދުގައި މަޤްބޫލް މަޒިލަކަށް ހެދުމަށް މިކައުންސިލުން ކުރަމުންގެންދާ މަސައްކަތަށް މި ދަތުރުގެ ސަބަބުން ފަހިކަން ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.