ވ. އަތޮޅުގެ 5 ރަސުގައި ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް އޮތީ މިމަހުގެ 17، 18 މި ދެދުވަހުއެވެ. މިއީ މިނިސްޓރްީ އޮފް އިސްލާމިކް އެފެއާޒާއި މި ކައުންސިލާއި އަދި ރަށްރަށުގެ ކައުންސިލްތައް ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.މި ޕްރޮގްރާމް ހިންގަވައިދެއްވުމަށް މިއަތޮޅަށް ވަޑައިގެންނެވީ ރާއްޖޭގައި މަޤްބޫލް ދީނީ ޢިލްމުވެރިންގެތެރެއިން ބޭފުޅުން ކޮޅެކެވެ. މި ބޭފުލުން ވަނީ 17 ޑިސެމްބަރ ވީ ހުކުރު ދުވަހު މިއަތޮޅުގެ ފުލިދޫ ، ފެލިދޫ، ރަކީދޫ ގައި އިމާމުވެ ހުކުރުވެސް ކޮށްދެއްވައިފައެވެ. އަދި 5 ރަށުގެ މިސްކިތްތަކުގައާއި ކެޔޮދޫ ސްކޫްގައި ދިރިވަރުންނަށާއި ބެލިވެރިންނަށް ދީނީ ދަރުސްތައް ދެއްވައިފައެވެ. . މިއަތޮޅަށް ވަޑައިގެންނެވި ދީނީ ޢިލްމުވެރިންގެތެރޭގައި ތރިީގައި މިދަންނަވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
- އައްޝައިޚް ނިމާލް މުޙައްމަދު
- އައްޝައިޚް އަޙްމަދު ޢަބްދުﷲ
- ޑޮކްޓަރ މުޙައްމަދު ޢިޔާޟް
- އައްޝައިޚް މުޙައްމަދު މަންޞޫރު
- އައްޝައިޚް އަލީ ޒައިދު
- އައްޝައިޚް ޢަޘްމަތު ޖަލީލް
މި ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްްރީން މިއަތޮޅުގައި ހިންގެވުމަށް މީގެ ކުރިންވެސް މަސައްކަތްކުރައްވައިފައިވާ ޕްރޮގްރާމެކެވެ. އެހެން ނަމަވެސް ދިމާވި އެކިސަބަބުތަކާހެދި ކުރިއަށް ނުގެންދެއްވި އޮތީއެވެ. މިމަހުގެ 17، 18 މި ދެދުވަހު މުޅިއަތޮޅުގެ މީހުން އުޅޭ ހުރިހައި ރަށެއްގައި މި ޕްރޮގްރާމް ހިންގުނުކަމީ މި ކައުްނސިލުން ވަރަށް އުފާކުރާ ކަމެވެ. މި ޢިލްވެރިން ދެއްވި މުހިއްމު ރަދުސްތަކުގެ ހެޔޮފައިދާ ކުރާނެކަމަށް އުއްމީދުކުރަމެވެ.
މިކަން ކާމިޔާބު ކަމާއެކު ކުރިއއަށް ގެންދިއުމުގައި މި އަތޮޅުގެ ރަށްރަށުންނާއި މިނިސްޓްރީން އައްޔަންކުރެވިފައިވާ ފޯކަލް ޕޮއިންޓުން ވަރަށް ގުޅިގެން ކުރެއްވި މަސައްކަތް މި ކައުންސިލުން ފާހަގަކޮސް ޝުކުރު ދަންނަވަމެވެ. އަދި ކައުންސިލްތަކުގެ މުވައްޒަފުންނާއި އެންމެ ހައި އިދާރާތަކަށް ޝުކުރު ދަންނަވަމެވެ.