34 ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރަތުގައި މިއަތޮޅު ބައިވެރިވާ ހުރިހާ ކުދިންގެ ކިޔެވުންތައް ނިމިއްޖެއެވެ. ހިތުން ކިޔަވާ ކުދިންގެ ކިޔެވުން އޮތީ 28 ޑިސެމްބަރ 2021 ވީ އަންގާރަ ދުވަހުގެ ހަވީރުއެވެ. މި މުބާރާތުގައި ހިތުން ކިޔަވާ ގޮފީގައިވެސް 10 ކުދިން ވަނީ މިއަތޮޅުން ބައިވެރި ވެފައެވެ. އެއީ ފުލިދޫ( އަތޮޅު މަދަރުސާއިން) 1 ކުއްޖަކާއި ފެލިދޫ( އަތޮޅު ތައުލީމީ މަރުކަޒުން) 3 ކުއްޖަކާއި ކެޔޮދޫ ސްކޫލުން 6 ކުދިންނެވެ. މިހުރިހާ ކުދިންވެސް މުބަރާތުގައި ކިޔަވައިފައިވަނީ އޮންލައިންކޮށެވެ. މި މުބާރާތުގެ ޤަވާޢިދުގައިވަ ގޮތުގެމަތިން ބަލައިގެން ކިޔަވާ ކުދިންގެ ކިޔެވުންތަކުގެ ރެކޯޑިން ވަނީ ކަމާބެހޭ ޕޯރޓަލަށް ނޮވެމްބަރ މަހުގެ ފަހުކޮޅުގައި އަޕްލޯޑްކޮށްފައެވެ. މި މުބާރާތުގައި މިއަތޮޅުންވެސް ޖުމުލަ 30 ކުދިން ވާދަކުރެއެވެ. ކައުންސިލް އުފެދނީއްސުރެ ކޮންމެ އަހަރަކު މި ކައުންސިލުން އަތޮޅު ޤުރްއާންމުބާރާތް ބާއްވަމުން އައިސްފައި ވެއެވެ. މި މުބާރާތް ބޭއްވުން ހުއްޓިފައިވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ.
ޤައުމީ ޤުރްއާން މުބާރާތުގައި މިއަތޮޅުން ބައިވެރިވާ ހުރިހާ ކުދިންގެ ކިޔެވުންނިމިއްޖެ

