2022 ވަނަ އަހަރު މި ކައުންސިލުން ހިންގައިފައިވާ ޙަރަކާތްތަކާއި މި ފެށުނު 2023 ވަނަ އަހަރު ކައުންސިލުން ހިންގާނެ ޙަރަކާތްތަކާބެހޭގޮތުން މަޝްވަރާކުރުމަށް މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި 8 ޖެނުއަރީ 2023 ވަނަ ދުވަހުގެ 10:00 ގައެވެ.
މި ބައްދަލުވުމުގައި 2022 ވަނައަހަރު މި ކައުންސިލުން ހިންގައިފައިވާ މުހިއްމު ބޮޑަތި ޙަރަކާތްތަކުގެ މައްޗަށް އަލިއަޅުވައިލައި ތައްޔާރުކޮށްފައިވާ ޕްރެސެންޓޭޝަނެއް ހުށަހަޅައިދިނީ ކައުންސިލް އެގްޒެކްޓިވް ޢަބްދުލް މަޖީދު ޢަބްދުލްޣަނީއެވެ. އެގޭފަހުން ކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާޢު ޢަލީ ވާހަކަދެއްކެވިއެވެ. ރައީސްގެ ވާހަކައިގައި 2022 ވަނަ އަހަރަކީ ކައުންސިލަށް ކާމިޔާބު އަހަރެއްކަމަށާއި މުވައްޒަފުންގެ ބައިވެރިވުން އެންމެ ފުރިހަމަގޮތުގައި ލިބިފައިވާކަން ފާހަގަކޮށް މުވައްޒަފުންނަށް ޝުކުރުއަދާކުރެއްވިއެވެ.
2023 ވަނައަހަރު އިދާރީ މަސައްކަތްތަކަށް ގެނެވޭނެ ބައެއް ބަދަލުތަކާބެހޭގޮތުންވެސް މި ބައްދަލުވުމުގައި މުވައްޒަފުން މަޝްވަރާކުރިއެވެ. މި ބައްދަލުވުން އޮތީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
2022 ވަނައަހަރުގެ ކައުންސިލްގެ ހަރަކާތްތަކުގެ މުރާޖަޢާ ބައްދަލުވުން

