2023 ވަނައަހަރުގެ ބަޖެޓް ފާސްކޮށްފި

ޤާނޫން ނަންބަރ 2010/7 “އިދާރީ  ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު” ގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފެލިދެއަތޮޅު އަތޮޅު ކައުންސިލުން އެކުލަވައިލައިފައިވާ 2023 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފިއެވެ. މި ބަޖެޓް ފާސްކޮށްފައިވަނީ 11 ޖެނުއަރީ 2023 ވީ ބުދަ ދުވަހު ބޭއް މި ކައުންސިލްގެ 4 ވަނަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ. ޖުމުލަ ޚަރަދުގެ ގޮތުގައި 15.2 މިލިޔަން ރުފިޔާ ފާސްކޮށްފައިވާ މި ބަޖެޓަކީ  މި ކައުންސިލްގެ ތާރީޚްގައި ފާސްކޮށްފައިވާ  އެންމެ ތަނަވަސް ބަޖެޓެވެ.

މި ބަޖެޓުން 2023 ވަނަ އަހަރުގައި ކުރަން ރާވާފައިވާ ގިނަ ޕްރޮގްރާމްތަކަކީ އަތޮޅުގެ ރައްޔިތުންނަށް އޭގެ ފައިދާ ކުރާގޮތަށް ރޭވިފައިހުރި ޕްރޮގްރާމްތަކެވެ. ބަޖެޓްގައިހުރި މުހިއްމު ޙަރަކާތްތަކަށް ބަލައިލާއިރު ތިރީގައި އެވާ ކަންތައްތައް ފާހަގަކުރެވެއެވެ.

  •     އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ހަރަކާތްތައް ހިންގުން
  •     ވ. އަތޮޅުގެ ޕްރޮމޯޝަންގެ މަސައްކަތްތަކަށް މީޑިއާ/އިވެންޓް ޕާރޓްނަރ އެއް ހޯދުން
  •     ފްލޯޓިންގ ރިސޯރޓް” ޕްރޮޖެކްޓްގެ މަސައްކަތް
  •     ވ. އަތޮޅުގައި ވިޔަފާރި އުސޫލުން ނަފާ ހޯދޭނެ މަސައްކަތެއްގެ ގޮތުގައި ދަނޑުވެރިކަން ކުރުމަށް
  •     ސްކޫލްދަރިވަރުންގެ ތައުލީމާއި ހުނަރު އިތުރުކުރުމާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
  •     އަތޮޅު ސްކޫލްތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުން
  •     ވ. އަތޮޅުގެ ހުރިހާ މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގޭ ވާވު ޢިލްމީ ހުވާސް ބޭއްވުން
  •     އަތޮޅުކައުންސިލްގެ ޤުރްއާން މުބާރާތް ބޭއްވުން
  •     ޢާއްމު ޞިއްޙަތު ކުރިއެރުވުމަށް ހިންގާ ޕްރްގްރާމް ތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
  •     ވ.އަތޮޅު ގެ ރަށް ރަށުގައި ފޮލިސް ޑެސްކް ޤާއިމްކުރުމަށް އެހީތެރިވުން
  •     ރަށްރަށުގެ އިޖުތިމާއީ ސަރަހައްދުތަކުގައި ސެކިއުރީޓީކެމެރާހަރުކުރުން
  •     އިބަމަ އަތޮޅުފޯރަމްބޭއްވުން
  •     “ލައިވް ފިޝްޕާރކް ޕްރޮޖެކްޓް” އަށް ޝައުގުވެރިކަން ހޯދުން
  •     ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމް ހިންގުން
  •     ގްރީން ސްމާރޓް އައިލެންޑް މަސްރޫއު ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނިނުން
  •     ޤުދުރަތީގޮތުން ހިމާޔަތްކުރެވިފައިވާ ރަށްތައް ބެލެހެއްޓުން
  •     ވ.އަތޮޅު ރައްޔިތުންގެ ޕިކްނިކް އައިލެންޑް ތަރައްޤީކުރުން
  •     ވ.ތިނަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އީ.އައި.އޭ ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  •     ވ. އަތޮޅު ލޯކަލް އޮތޯރިޓީ ކޮންޕެނީ ލިމިޓެޑް ހިނުގުން
  •     އަންހެނުންގެ ކޮމެޓީއާއި ޖަމިއްޔާތަކުން ހިންގާ ޕްރްގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
  •     އިދާރީ ދާއިރާގައި ހިމެނޭ ކައުންސިލްތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުން

2023 ވަނަ އަހަރު މި ކައުންސިލަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަކީ 15,248,293.20ރ. އެވެ. މި އާމަދީގެ ތެރޭގައި ދައުލަތުން ހިލޭ އެހީގެގޮތުގައި ލިބޭނެކަށް ކަނޑައަޅުއްވައިފައިވާ 6,298,222.00ރ. ހިމެނެއެވެ. މީގެއިތުރުން ދެން ހުރިފައިސާއަކީ އަތޮޅުގެ މާލިއްޔަތުގެ ޖަމާގައިކުރިން ހުރި ފައިސާއެވެ.

You can leave a response, or trackback from your own site.

Leave a Reply