ވ. އަތޮޅު އިބަމަ ފޯރަމް 2 މާރޗް 2023ގައި

މި އަތޮޅުގައި ޤާއިމްކޮށްފައިވާ އިޖްތިމާޢީ ބަދަހި މަދަދުވެރިންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެ މަޝްވަރާގެ އަލީގައި ކަންކަން ތަރުތީބު ކުރުމުގެ މަޤްޞަދުގައި މި ކައުންސިލް އިދާރާގެ އިސްނެގުމާއި އެކު ބޭއްވި އިބަމަ ފޯރަމް 2 މާރޗް 2023 ގައި ބާއްވައިފި އެވެ.

ފޯރަމްގެ ބައިވެރިން

ފޯރަމްގެ ބައިވެރިން

މި ފޯރަމް ބާއްވައިފައިވަނީ މި ކައިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ފޯރަމްގެ ބޭއްފުޅުންގެއެހެނިހެން ކަންކަން ހަމަސައްސައިފައިވަނީ ސްޓޭޓް ގެސްޓް ހައުސްގައެވެ.

ޔުނިސެފްގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ މި ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދާ ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ވ. އަތޮޅުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރުދުންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި އަދި އިބަމަ ހިއްސާދާރު މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރެވޭނޭ ގޮތްތަކެއް ފަހިކުރުމެވެ.

މި ފޯރަމް ފައްޓަވާދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ހަމަހަމަ ކަމާއި އިންސާފު ޤާއިމު ކުރުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން ސަރުކާރުގެ މި ލަނޑުދަނޑިއަށް ވާޞިލްވުމަށްޓަކައި އިބަމައިގެ ތެރެއިން ރައްޔިތުންނާއި ވީހާވެސް ގާތުން އިޖްތިމާޢީ ހާލަތު ދެނެގަނެ ދިވެހި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މި ކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާޢު ޢަލީ ވާހަކަ ފުޅު ދެއްކެވިއެވެ، ޝުޖާޢުގެ ވާކަފުޅުގައި މި ކައުންސިލްގެ ސިޔާސަތުތަކުގެތެރޭގައި ވ. އަތޮޅުގެ އެންމެއޯގާތެި އެންމެ އަޅާލާ އެންމެ އަމާން އަތޮޅަށް ހެދުން ހިމޭކަން ފާހަގަކުރެެއްވިއެވެ. އެ ސިޔާސަތު ތަންފީޒުކުރުމަށް މި ފޯރަމަކީ ވަރަށް މުހިއްމު ޙިއްސާއެއް ޮއތް ފޯރަމެއްކަމަށް ވިދާޅުވިއެވެ. މި ކައުންސިލް އަބަދުވެސް އޮންނާނީ ރައްޔިތުންނަށް ރައްކައުތެރިަކން ހ|ޯދައިދިނުމުގައި އެހެން ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

މި ފޯރަމުގައި ބައިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި، ޔުނިސެފްގެ އިސް ވެރިންނާއި ވ. އަތޮޅުގެ ރަށްތަކުގެ އިބަމަ މެންބަރުންނާއި، އެއަތޮޅުގެ ރަށު ކައުންސިލްތަކުގެ އިސް ވެރިންނާއި، ވ. އަތޮޅުގެ ސްކޫލްތަކުގެ އިސް ވެރިންނާއި، ވ. އަތޮޅުގައި މަސައްކަތްކުރައްވާ ފުލުހުންގެ އިސް ވެރިންނާއި، އެއަތޮޅުގެ އަންހުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިސް ފަރާތްތަކުގެ އިތުރުން އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުން (މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ލޯކަލް ގަވަމަންޓް އޮތޯރިޓީ) އިން ކަނޑައަޅާފައިވާ އިސް ފަރާތްތަކުންނެވެ.

ވ.އަތޮޅުގެ ހުރިހާ ރަށެއްގައި އިބަމަ ގާއިމްކޮށް އިބަމައިގައި ހިމެނޭ ފަރާތްތަކަށް މަސައްކަތް ފެށުމަށް ބޭނުންވާ ތަމްރީންތައް މިހާރު ވަނީ ދެވިފައެވެ.

You can leave a response, or trackback from your own site.

Leave a Reply