މިހާރުގެ ކައުންސިލްގެ ނިންމުންތައް | Secretariat of the Felidhuatholhu Atoll Council

މިހާރުގެ ކައުންސިލްގެ ނިންމުންތައް

 2018

2018 ވަނަ އަހަރުގެ 14 ވަނަ ޖަލްސާ – 29 ނޮވެމްބަރ 2018

މި ޖަލްސާއަށް ކައުންސިލްގެ 2 މެމްބަރުން ވަޑައިގެންނެވިއެވެ. އެއީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ނިޔާޒާއި މެމްބަރ އަލްފާޟިލް ޢަބްދުލްއަޒީޒް އިބްރާހީމެވެ. މިޖަލްސާގައި ނިންމަވަފައިވަނީ 1 ނިންމުމެކެވެ. އެއީ ކަށަވަރު ދޯނި އެހެލުމަށާއި އެހެލުމަށް ދާނެކަމަށް ލަފާކުރާ ބަޖެޓް ފާސްކުރުމެވެ. މީގެއިތުރުން ދޫފަހި ސްކީމަށް ގެންނަންފެންނަ ބަދަލަކާގުޅޭގޮތުން މެމްބަރު އަލްފާޟިލް ޢަބްދުލްޢަޒީޒް އިބްރާހީމް ހުށަހެޅުއްވި މައްސަލައަކާގުޅިގެން މަޝްވަރާކުރެވުނެވެ. އެހެން ނަމަވެސް ނިންމުމެއް ނުނިންމަވައެވެ.

2018 ވަނަ އަހަރުގެ 13 ވަނަ ޖަލްސާ – 7 ނޮވެމްބަރ 2018

މި ޖަލްސާއަށް ކައުންސިލްގެ 2 މެމްބަރުން ވަޑައިގެންނެވިއެވެ. ޖަލްސާއަށް ވަޑައިނުގަންނަވަނީ ނާއިބްރައީސް އަލްފާޟިލް މުޙައްމަދު އަޙްމަދު މަނިކެވެ. މި ޖަލްސާއިން ނިންމަވައިފައިވަނީ ފުލިދޫ ކައުންސިލް މެމްބަރ މޫސާ ފާއިޒުއާއި ގުޅޭގޮތުން LGA އިން ފޮނުވާފައިވާ މައްސަލައެއް މި ކައުންސިލުން، ފުލިދުއަށް ދަތުރެއްކޮށް  ބެއްލެވުމަށެވެ.

2018 ވަނަ އަހަރުގެ 12 ވަނަ ޖަލްސާ – 31 އޯގަސްޓް 2018

މި ޖަލްސާއަށް ރައީސް ފިޔަވައި އެހެން އެއްވެސް ބޭފުޅަކު ވަޑައިނުގަންނަވާތީ ކޯރަމް ހަމަވޭތޯ ބެއްލެވުމަށްފަހު ޖަލްސާ ނިންމަވައިލެއްވީއެވެ.

2018 ވަނަ އަހަރުގެ 11 ވަނަ ޖަލްސާ – 10 އޮކްޓޯބަރ 2018

މިޖަލްސާއަށް ކަންސިލްގެ 3 ބޭފުޅުން ވަޑައިގެންނެވިއެވެ. މި ޖަލްސާގައި ދެ ކަމަކާ ގުޅޭ ނިންމުމެއް ނިންމަވައިފައި ވެއެވެ. އެއީ ސްޓޭޓްގެސްޓް ހައުސްއެއްގެގޮތުގައި އަތޮޅުގެ ހިންގުމާބެހޭ ނިންމެވުމަކާއި ކަށަވަރު ދޯނި ޙަވާލުކޮށްފައިވާ ފަރާތުން އެއްބަސްވުމާ ޚިލާފްވެފައިވާތީ ޝަރީޢަތް މެދުވެރިކޮށް ދޯނި ހޯދުމުގެ މަސައްކަތާބެހޭ މުހިއްމު ދެ ނިންމެވުމެކެވެ.

2018 ވަނަ އަހަރުގެ 10 ވަނަ ޖަލްސާ – 13 އޯގަސްޓް 2018

މިޖަލްސާއަށް ވަޑައިގެންފައިވަނީ ކައުންސިލްގެ ނާއިބު ރައީސް  އަލްފާޟިލް މުޙައްމަދު އަޙްމަދު މަނިކާއި މެމްބަރ އަލްފާޟިލް ޢަބްދުލްޢަޒީޒް އިބްރާހީމެވެ.  މި ޖަލްސާގައި ޤުރްއާން ހިތުދަސްކުރާފަރާތްތައް އިމްތިހާންކުރުމުގެ އުޞޫލް ފާސްކޮށްފައި ވެއެވެ.

2018 ވަނަ އަހަރުގެ 9 ވަނަ ޖަލްސާ – 25 އޭޕްރީލް 2018

މިޖަލްސާއަށް ވަޑައިގެންފައިވަނީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ނިޔާޒާއި ނާއިބްރައީސް އަލްފާޟިލް މުޙައްމަދު އަޙްމަދު މަނިކެވެ. މިޖަލްސާގައި ދޫފަހި ސްކީމްގެ އައު ޤަވާޢިދާއި އަތޮޅު ކައުންސިލްގެ ޤުރްއާން މުބާރާތުގެ ޤާވާޢިދު ފާސްކުރެއްވިއެވެ.

2018 ވަނަ އަހަރުގެ 8 ވަނަ ޖަލްސާ – 4 މާރޗް 2018

މި ޖަލްސާއަށް ކައުންސިލްގެ 3 މެމްބަރުން ވަޑައިގެންނެވިއެވެ. މިޖަލްސާގައި ފާސްކުރައްވައިފައިވަނީ މުހިއްމު 3 ކަމެކެވެ. އެއީ؛     1- ރައްޔިތުންގެ ތަރައްޤީ ފަންޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް މުލީ ބުރާންޗްގައި ހުޅުވާފައިވާ ނަންބަރ: 7709130118102 އެކައުންޓް އުވާލުން

2- ކުރީގައި އަތޮޅު ކޮމިޓީގެ ފަރާތުން އަތޮޅު އޮފީހުން ގަނެފައިވާ  ބޭންކް އޮފް މޯލްޑިވްސްގެ 2880  ޙިއްޞާ ގެ ފައިދާ މިވީހާތަނަށް ލިބިފައި ނުވާތީ މި ޙިއްޞާތަކުގެ ފައިދާގެ ފައިސާއާއި، ކުރިއަށް އޮތްތަކުގައި ލިބޭ ޙިއްސާގެ ފައިދާގެ ފައިސާ އަތޮޅުކައުސިލަށް ހޯދުމަށް ޤަރާރު ފާސްކުރުން

3- އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ އަތޮޅު ޤުރްއާން މުބާރާތް ބޭއްވުމުގައި އަލަށް ތައްޔާރު ކުރެވުނު މުޤައްރަރު ފާސްކުރުން

2018 ވަނަ އަހަރުގެ 7 ވަނަ ޖަލްސާ – 4 މާރޗް 2018

މި ޖަލްސާއަށް ކައުންސިލްގެ 3 މެމްބަރުން ވަޑައިގެންނެވިއެވެ. މިޖަލްސާގައިގައި ފާސްކުރައްވައިފައިވަނީ މުހިއްމު 3 ކަމެކެވެ. އެއީ؛   1- ރައްޔިތުންގެ ތަރައްޤީ ފަންޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް މުލީ ބުރާންޗްގައި ހުޅުވާފައިވާ ނަންބަރ: 7709130118102 އެކައުންޓް އުވާލުން

2- ކުރީގައި އަތޮޅު ކޮމިޓީގެ ފަރާތުން އަތޮޅު އޮފީހުން ގަނެފައިވާ  ބޭންކް އޮފް މޯލްޑިވްސްގެ 2880  ޙިއްޞާ ގެ ފައިދާ މިވީހާތަނަށް ލިބިފައި ނުވާތީ މި ޙިއްޞާތަކުގެ ފައިދާގެ ފައިސާއާއި، ކުރިއަށް އޮތްތަކުގައި ލިބޭ ޙިއްސާގެ ފައިދާގެ ފައިސާ އަތޮޅުކައުސިލަށް ހޯދުމަށް ޤަރާރު ފާސްކުރުން

3- އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ އަތޮޅު ޤުރްއާން މުބާރާތް ބޭއްވުމުގައި އަލަށް ތައްޔާރު ކުރެވުނު މުޤައްރަރު ފާސްކުރަން

Pages: 1 2 3 4