J1- ފުލިދޫ | Secretariat of the Felidhuatholhu Atoll Council

J1- ފުލިދޫ

  • ރަށުގެ ބޮޑު މިން: 11.63 ހެކްޓަރ
  • ޕޯސްޓަލް ކޯޑު: 10010
  • އާބާދީ: އަންހެން 230ފިރިހެން 276 ޖުމުލަ 506 ( 2020 ޖޫންގެ ނިޔަލަށް)
  • ރަށުކައުންސިލްގެ ފޯނު ނަންބަރ: 6700603
  • އީ މެއިލް: info@fulidhoo.gov.mv
  • ތަޢުލީމް: އަތޮޅު މަދަރުސާ ގްރޭޑް 10
  • ގެސްޓް ހައުސްގެ ޢަދަދު:

ފުލިދުއަކީ މިއަތޮޅުގެ ޖިއޮގްރަފީގެ ގޮތުން ފުރަތަމަ ރަށެވެ. ރަށް އޮންނަނީ އަތޮޅުގެ އެންމެ އުތުރުގައެވެ. މާލެއިން ދެކުނަށް ވ. އަތޮޅު ތެރެއިން ދަތުރުކުރާނަމަ މާލެ އަތޮޅު ނިމި ފުރަތަމަ ބައްދަލުވާނީ  ފުލިދުއާއެވެ. މިއީ ޤުދުރަތީ ގޮތުން ވަރަށް ރީތި އަތިރިމައްޗެއް ލިބިފައިވާ ރީތި ރަށެކެވެ. ފުލިދުއަކީ ޞިއްޙީގޮތުން ބަލާއިރު ދުޅަހެޔޮ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.

ފުލިދޫގެ ތަރައްޤީއަށް ފުލިދޫގެ ރައްޔިތު އަންހެނުންނާއި ފިރިހެނުން ކުރަމުންގެންދާ އަދި ކޮށްފައިވާ މަސައްކަތްތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އަންހެނުންގެ އާމްދަނީ އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައްވެސް ފާހަގަކުރެވެއެވެ. މީގެ އިތުރުން ފިރިހެނުންކުރާ ކޮންމެ މަސައްކަތެއްގައި އަންހެނުން ބައިވެރިވަނީ ފިސާރި އިޖްތިމާޢީ ރޫޙުގައެވެ. ފުލިދުއަކީ ވަރަށް ގިނަ މަސައްކަތްތަކެއް ހިނގާ ރަށެކެވެ. މިގޮތުން މިއަތޮޅުގައި އެންމެ ރަނގަޅަށް ވިޔަފާރިކުރާ ރަށެއްކަމަށް ބެލެވެނީ ފުލިދުއެވެ. އަދި ޒުވާނުން ވިޔަފާރީ ދާއިރާގައި ޙަރަކާތްތެރިވަމުން ގެންދެއެވެ.ބޮޑަތި އުޅަނދުފަހަރު “ސަފާރީ އުޅަނދުފަހަރު” ބަނުމަކީ ފުލިދޫގައި ކުރާ ވަރަށް ބޮޑު މަސައްކަތެކެވެ.

ވަޑާންކުރުމާއި ގެދޮރު ޢިމާރާތްކުރުމުގައި ފަންނުވެރި ޒުވާނުން ފުލިދޫގައި ވަރަށް ގިނައެވެ. މުނިފޫހި ފިލުވުމުގެ ދާއިރާގައި ފުލިދުއަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ބަނޑިޔާ ޖެހުމާއި، ފަތިގަނޑު ޖެހުމާއި، ލަނގިރި ބޮޑުބެރު ފަދަ ކުޅިވަރުތަކުގައި ފުލިދޫ ވަރަށް ފާހަގަކޮށްލެވެއެވެ. ސަޤާފީކުޅިވަރު ކުޅުމާއި ދަސްކޮށްދިނުމުގައި ފުލިދޫގެ ތަޖުރިބާކާރު ފަންނާނުން ވަރަށް މުހިއްމު ރޯލެއް އަދާކުރަމުން ގެންދެއެވެ.