J2-ތިނަދޫ
- ރަށުގެ ބޮޑު މިން: 9.1 ހެކްޓަރ
- ޕޯސްޓަލް ކޯޑު: 10020
- އާބާދީ: އަންހެން،110 ފިރިހެން 105 ޖުމުލަ 215 (2020 ޖުލައިގެ ނިޔަލަށް)
- ރަށުކައުންސިލްގެ ފޯނު ނަންބަރ: 6700604
- އީ މެއިލް: info@vaavthinadhoo.gov.mv
- ތަޢުލީމް: މިރަށުގައި އެއްވެސް ސްކޫލެއް ނުހުރެއެވެ.
- ޞިއްޙީ ޚިދުމަތް: ހެލްތް ސެޓަރ
- ގެސްޓް ހައުސްގެ ޢަދަދު:
މިއަތޮޅުގެ މީހުން އުޅޭ ދެވަނަ ރަށަކީ ތިނަދުއެވެ. އާބާދީ ކިތައްމެ މަދަސް ތިނަދޫގެ ރައްޔިތުންނަކީ ރަށް ތަރައްޤީކުރުމަށް ވަރަށް ހިތްވަރާއެކު މަސައްކަތްކުރަމުން އަންނަ ބައެކެވެ. މިގޮތުން މިރަށުގައި އެންމެ ދަތިވެފައިވާ ކަންތައް ކަމުގައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ރައްޔިތުން އިސްނަގައިގެން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީގައި ރަށުގައި ބަނދަރެއްވަނީ ހަދާފައެވެ.
މިރަށަކީ މިއަތޮޅުގެ އެހެން ރަށްރަށާއި އަޅާ ބަލާއިރު ބިމުގެ ގޮތުން ތަނަވަސް ތަށެކެވެ. އިޤްތިޞާދީ މަސައްކަތްތަކެއް ކުރުމަށް ބިމުގެ ވަޞީލަތް އޮތް ރަށެކެވެ. މިރަށުގައި މީހުން އާބާދުވެފައިވާ ކުޑަ ސަރަހައްދެއް ފިޔަވައި ދެން އޮތް ބިންތަކުގައި އިޤްތިޞާދީ މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު އެބަ އޮތެވެ. ތިނަދޫއަކީ ލޯކަލް ޓްވަރިޒަމްގެ ދާއިރާގައި މިއަތޮޅުގައި ވަރަށް ފާގަގަކޮށްލެވޭ ރަށެކެވެ. ފެންވަރު ރަނގަޅު ގެސްޓް ހައުސްތަކެއް އެރަށުގައި އަންނަނީ ހިންގަމުންނެވެ. އަދި ވެސް މި ދާއިރާއިން ގިނަ އިންވެސްޓްމެންޓްތައް އެރަށުގައި އަންނަނީ އެކި ފަރާތްތަކުން ކުރަމުންނެވެ.
އާބާދީއެކަށީގެންވާ ވަރަށްވުރެ މަދުވުމުން ދިމާވާ ބައެއް މައްސަލަތައް އެބަހުއްޓެވެ. މީގެތެރޭގައި ތައުލީމީ ޚިދުމަތާއި ކަރަންޓާއި، އަދި ޞިއްޙީ ޚިދުމަތް ދިނުމުގައި ދަތިތަކެއް އެބަހުއްޓެވެ. މި ގޮންޖެހުންތައް މިހެން ހުއްޓަސް ތިނަދުއަކީ އިޤްތިޞާދީ ގޮތުން ރަނގަޅު ރަށެކެވެ. މަސައްކަތްތެރި މުރާލި ބަޔަކު ދިރިއުޅޭ ރަށެކެވެ. އަދި ޚާއްޞަކޮށް ސާފުތާހިރު ކަމަށް ވަރަށް ލޯބިކުރާ އެކުވެރި ރައްޔަތަކު ދިރިއުޅޭ ރަށެކެވެ. ޤުދުރަތީގޮތުން މިރަށަށް ލިބިފައިވާ ރީތިކަމާއި ރަށުގެ ހިތްގައިމު މާހައުލަކީ ވަރަށް ގިނަބަޔަކު ފާހަގަ ކުރާ ކަމެކެވެ.