J4- ކެޔޮދޫ | Secretariat of the Felidhuatholhu Atoll Council

J4- ކެޔޮދޫ

  • ރަށުގެ ބޮޑު މިން: 7.30 ހެކްޓަރ
  • ޕޯސްޓަލް ކޯޑު: 10040
  • އާބާދީ: އަންހެން 432ފިރިހެން 441 ޖުމުލަ 873  ( 2020 ޖޫންގެ ނިޔަލަށް)
  • ރަށުކައުންސިލްގެ ފޯނު ނަންބަރ: 6700601
  • އީ މެއިލް: info@keyodhoo.gov.mv
  • ތަޢުލީމް: ކެޔޮދޫ ސްކޫލް ގްރޭޑް 10
  • ގެސްޓް ހައުސްގެ ޢަދަދު:

ކެޔޮދުއަކީ މިއަތޮޅުގެ ވެރިކަން ކުރާ ރަށް ފެލިދުއާއި ޖެހިގެން ދެކުނަށް އޮންނަ ރަށެވެ. މިއީ ޖުޣުގުރަފީ ގޮތުން 4 ވަނަ ރަށެވެ. ކެޔޮދުއަކީ މިއަތޮޅުގެ އާބާދީއެންމެ ބޮޑުރަށެވެ.  މިރަށުގައި މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. މީގެއިތުރުން ފަތުރުވެރިކަމާ ގުޅުން ހުރި މަސައްކަތްތަކާއި ވިޔަފާރިވެސް ކުރެއެވެ.

100ވަރަކަށް ގޭގައި މީހުން ދިރިއުޅެއެވެ.

ކެޔޮދުއަކީ ޒަމާނުއްސުރެ މަސްވެރިކަން ކުރާ ރަށެކެވެ. މިރަށުގެ ރިހާކުރަކީ ވަރަށް ގިނަބަޔެއްގެ ގާތުގައި މަޤްބޫލް އެއްޗެކެވެ. މިއަތޮޅުގެ ރަށްރަށަށް ބަލާއިރު މަސްވެރިކަމަށް އެންމެ ބޮޑެތި އިންވެސްޓްތަކެއް ކޮށްފައިވާ އަދި އެންމެ ފުޅާ ދާއިރާއެއްގައި މިކަން ކުރާ ރަށަކީ ކެޔޮދުއެވެ. މިހާރުވެސް މަސްވެރިކަމަށް ބޭނުންކުރާ އަތޮޅުގެ އެންމެ ބޮޑު އުޅަނދު އޮތީ ކެޔޮދޫގައެވެ.

ކެޔޮދުއަކީ މިއަތޮޅުގެ ނިސްބަތުގައި ޢިލްމުވެރި ދަރިންތަކެއް އުފައްދާފައިވާ ރަށެކެވެ. މިގޮތުން ބަލާއިރު ޤުރުއާން ތަރުޖަމާ އެބޭފުޅެއްގެ އަޑުން އިވިފައިވާ އައްޝައިޚް މޫސާ ނިޒާރަކީ ރަށުގެ ފަޚުރެއްކަމުގައި ބެލެވެއެވެ.  މީގެއިތުރުން އެކިފަންނު ތަކުގެ ހުނަރުވެރިންނާއި  މަސައްކަތްތެރިން ކެޔޮދޫގައި ގިނައެވެ. މި ފަންނުވެރިން މިރަށުގައާއި ރަށުން ބޭރުގައި ޚިދުމަތް ކުރަމުން ގެންދެއެވެ.

ކެޔޮދޫގެ ބަނދަރުވަނީ ރަނގަޅު ފެންވަރަކަށް ހަދައިފައެވެ.

ކުޅިވަރުގެ ދާއިރާގައި މިރަށުގެ ފަންނާނުން ފާހަގަކޮށްލަންޖެހެނީ މިއަތޮޅުގައި އެންމެ ދުވަސްވީ ތަޖުރިބާކާރުންގެ ގޮތުގައެވެ. މީގެ ތެރޭގައި ސަގާފީކުޅިވާރާއި ފުޓްބޯޅަ ވޮލީ ފަދަ ކުޅިވަރުތަކުގެ ފަންނާނުން ހިމެނެއެވެ. މިކުޅިވަރުތައް އެންމެ ރަނގަޅަށް މިއަތޮޅުގައި ކުޅޭ އެއް ރަށަކީ ކެޔޮދުއެވެ. މީގެ އިތުރުން ސަގާފީކުޅިވަރުގެ ރޮނގުގައި މިރަށަކީ މަޝްހޫރުރަށެކެވެ. މިގޮތުން ބޮޑުބެރާއި ގާއޮޑި ލަވައާއި ލަނގރިއާއި ތާރަ ފަދަ ފިރިހެނުންގެ ސަގާފީ ހުރިހާކުޅިވަރެއްގައިވެސް މެއެވެ. މިރަށުގެ ސަގާފީ ކުޅިވަރު ޓީމްވަނީ  ޤައުމީ މުހިއްމު މުނާސަބަތުތަކުގައި ރާއްޖޭގެ ސަގާފީކުޅިވަރު ތަމްސީލްކޮށްދީފައެވެ.ކެޔޮދޫގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބަޔެކެވެ. ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހިތްހެޔޮކަމާއެކު މަރުޙަބާ ކިޔާ ބަޔެކެވެ. މުރާލި އަދި ރަށް ތަރައްޤީކުރުމުގައި ހީވާގިކަމާއެކު މަސައްކަތްކުރާ ބަޔެކެވެ.