ދަތުރުފަތުރުގެ ޚިދުމަތް (ނިމިފައި) | Secretariat of the Felidhuatholhu Atoll Council

ދަތުރުފަތުރުގެ ޚިދުމަތް (ނިމިފައި)

އަތޮޅު ރައްޔިތުންގެ ދަތުރުފަތުރުގެ ޚިދުމަތް

އަތޮޅުރައްޔިތުންގެ ފެރީގެ ޚިދުމަތް ފެށިފައިވަނީ 2001 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސީދާ އަތޮޅުރައްޔިތުން ސައްތައިން ސައްތަ ހިއްސާވާ މިޚިދުމަތް ފަށައިގަތުމަށް ގާތްގަނޑަކަށް 600000/- ރ (ހަލައްކަ ރުފިޔާ/-) ވަނީ އަތޮޅުރައްޔިތުންގެ މާލިއްޔަތުން ޚަރަދުކުރެވިފައެވެ. ތަޖުރިބާ ކުރުމުގެގޮތުން 2001 ވަނަ އަހަރު މި ފެށުނު ޚިދުމަތަކީ އެއިރު ފެލިދުއަތޮޅު އަތޮޅުކޮމެޓީގެ ފަރާތުން އަތޮޅު ރައްޔިތުންނަށް ދެއްވަން ފެއްޓެވި ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އެކަމެއްގެ ޚިދުމަތް ހޯދަމުންދިޔަ އެއް ޙިދުމަތެވެ.
ޝެޑިއުލް ކުރެވިގެން ފެލިދުއަތޮޅާއި މާލެއާއި ދެމެދު އަތޮޅުރައްޔިތުންނަށް ދެމުންދާ މިފެރީ ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުގެ ރަށްރަށުން އެކިއެކި ބޭނުންތަކުގައި މާލެ ދަތުރުކުރާ ފަރާތްތަކަށް އެކަށީގެންވާ ހެޔޮއަގެއްގައި ލުއިފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އަތޮޅުގައި ތަރައްޤީގެ އެކިއެކި ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި އަތޮޅުން ލިބޭނެ ނިޒާމެއް ޤާއިމްކުރުމެވެ. ކަށަވަރު ދޯނީގެ ޚިދުމަތަކީ އަތޮޅު ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވާ ޚިދުމަތަކަށްވިއަސް މުވައްޒަފުން ނުލިބުމުގެ ސަބަބުން ދޯނި ދުއްވުން ވަނީ މިކައުންސިލަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އެތައް ފަހަރެއްގެ މަތިންވެސް ދޯންޏަށް މުވައްޒަފުން ހޯދުމަށް ޢިއުލާނުކޮށް ކުރިމަތިލާނެ ފަރާތެއް ނެތުމުން ބާތިލް ކުރެވުނެވެ.މިކަން މިހެން ދިމާވާން ފެށުމުން އަތޮޅު ކައުންސިލުން ނިންމެވީ އަތޮޅު ރައްޔިތުންގެ ކަށަވަރު ދޯނި ދުއްވުން އަމިއްލަ ފަރާތަކާ ޙަވާލުކުރެއްވުމަށެވެ. އަދި މިގޮތުން އެންމެ ބޮޑު ކުއްޔެއް ހުށަހެޅި ފަރާތަކަށް ދޯނި ދުއްވަން ޙަވާލުކުރެއްވުމަށް ނިންމުނެވެ. މީގެއިތުރުން ދޯނި އެހެލައި މަރާމާތުކުރުމާއި ދޯނި ތަރައްޤީކުރުމާއި މިކަންކަން އަމިއްލަ ޚަރަދުގައި ކުރާ ފަރާތްތަކަށް ޕޮއިންޓް އިތުރުވާގޮތަށް ހުށަހަޅައި ޢިއުލާނު ކުރެވުނެވެ.އަދި މި ޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވަނީ އެމް އެން އެޗް ޑީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މިއީ މިކަމަށް ހުޅުވައިލި ފުރުޞަތުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައި ބިޑް ކާމިޔާބުކުރި ކުންފުންޏެވެ.އަދި 26 ފެބްރުއަރީ 2017ގައި ކަށަވަރު ދޯނި އައުޓްސޯސް ކޮށް ޚިދުމަތް ދޭން ފެށުނެވެ. އެހެން ނަމަވަސް ދުވަސްކޮޅެއް ނުވަނީސް ކަންތައްތައް ގޯސްވާން ފަށއިފިއެވެ. އެންމެފަހުން ޝަރީއަތަށް ގޮސްގެން ދޯނި ކައުންސިލަށް އަނބުރާ ލިބުނީ ފުލުހުން މެދުވެރިކޮށްގެންނެވެ. މި ކަމުގައި ކަންތައް ދިޔަގޮތަށް ކުރުގޮތަކަށް ބަލައިލާނަމެވެ. 

  • ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ކަށަވަރު ދޯނި ދުއްވުމާއި ބެލެހެއްޓުމާއި ހިންގުމުގެ އެންމެހައި ކަންތައް އެމް އެން އެޗް ޑީ އިންވެސްޓްމެންޓް ޕުރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 ފެބުރުއަރީ 2017 ގައި.
  • އެއްބަސްވުމުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން  ދޯނި ކުއްޔަށް ހިފައިފައިވާ ފަރާތުން  މަހު ކުލީގެ ގޮތުގައި  ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދައްކަމުން ނުދިއުން
  • ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަތޮޅު ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ދަތުރުތައް ނުކުރުން
  • ދޯނި ދުއްވުމުގެ ކަންކަމުގައި ދެފަރާތުން ބާއްވަންޖެހޭ ގުޅުން އެމް އެން އެޗް ޑީ އިންވެސްޓްމެންޓް ޕުރައިވެޓް ލިމިޓެޑްގެ ފަރާތުން ނުބޭއްވުމާއި މި ކައުންސިލުން  މުން ފޯނަށް އެއްގޮތަކަށްވެސް ޖަވާބު ނުދިނުން. (ދޯންޏާއި ޙަވާލުވި ފަރާތާއި ބައްދަލުކުރުމަށް ކައުންސިލުން މާލެއަށް ދަތުރެއްކޮށްގެންވެސް ވަނީ އެފަރާތާއި ބައްދަލުވާގޮތް ނުވެފައެވެ.)
  • ދޯންޏަށް މުދާ އަރުވާ ފަރާތްތަކުން އަރުވާ މުދަލުން ވައްކަންކުރުމާއި މުދަލާއި ފައިސާ ގެއްލުމުގެ ގިނަ ޝަކުވާތައް އަތޮޅު ރައްޔިތުންގެ ފަރާތުން މިކައުންސިލަށް ލިބެމުން ދިއުން.
  • ދޯނި ބެލެހެއްޓޭނެ އެއްވެސް އިންތިޒާމެއް ނެތި މާލޭގެ ފަޅުތެރެއަށް ދޯނި ދޫކޮށްލައިފައިވުމާއި ދޯނީގައި ހުރި އަގުބޮޑު ތަކެތި ގެއްލެމުންދާކަމުގެ މައުލޫމާތު ލިބެމުން ދިއުން
  • ދޯނި ބެލެހެއްޓޭނެ އެއްވެސް އިންތިޒާމެއް ނެތި މާލޭގެ ފަޅުތެރެއަށް ދޫކޮށްލައިފައި ވުމުން ދޯނި ދިޔަވެ ފަޅުތެރެއަށް އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު އޮތުން

ކަންކަން މިހެން ދިމާވުމުން ޝަރީއަތަށްގޮސް އެތަށްފަހަރެއްގެ މަތިން މަސައްކަތްކުރެވިފައިވެއެވެ. އަދި ޝަރީޢަތުން އެ ކުންފުނީގެ މައްޗަށް އަމުރުކޮށް އެ ދޯނި މިކައުންސިލާއި ޙަވާލުކުރުމަށް އެންގުމުންވެސް ދޯނި ޙަވާލުކޮށްފައެއް ނުވެއެވެ. އެންމެ ފަހުން އަނެއްކާވެސް ކޯޓްގެ ޢަމުރު ތަންފީޛުކޮށްދެއްވުމަށްއެދި ކޯޓަށް މައްސަކަ ވައްދަންޖެހުނެވެ. ދޯނި މި ކައުންސިލާއި ޙަވާލުކުރެއްވުމަށް ފުލުހުންނަށް ކޯޓުން އަމުރުކުރެއްވުމާގުޅިގެން މ. މުއްޔަށް ގޮސް  ދޯންޏާއި ޙަވާލުވެ ދޯނި ގެނައީ މިއިދާރާގެ މުވައްޒަފުންނެވެ.

ދޯނި ކައުންސިލަށް އަނބުރާ ލިބުންއިރު ދޯނީގެ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެހެން ކަމުން 2 ޑިސެމްބަރ 2018 ގައި ދޯނި މަރާމާތުކުުރުމަށް ކ. ގުޅިއަށް ގެންދެވުނެވެ.