(ސުނާމީ ލޯން (ނިމިފައި
ސުނާމީ ކާރިސާގައި ގެދޮރަށް ލިބުނު ގެއްލުން ތައް ފޫބެއްދުމަށް ލުއި ލޯން ދިނުމުގެ ޕްރޮގްރާމް
ސުނާމީ ކާރިސާއާއި ގުޅިގެން އަތޮޅުގެ އާއްމުރައްޔިތުންގެ ދިރިއުޅުމާއި އިޤްތިޞާދީ މަސައްކަތްތަކަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި އަތޮޅު ރައްޔިތުންގެ ތަރައްޤީގެ ފަންޑުން ލޯންގެ އެހީ އަތޮޅު ރައްޔިތުންގެތެރެއިން ވަރަށް ގިނަބަޔަކު ވަނީހޯދާފަވެއެވެ. އަދި ހަމަމިއާއިއެކު ސުނާމީ ކާރިސާގެ ސަބަބުން އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ގެއްލުންލިބުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން އަތޮޅު ރައްޔިތުންގެ ތަރައްޤީގެ ފަންޑު މެދުވެރިކޮށް ޔޫ އެން ޑީ ޕީން ކުރިއަށްގެންދެވި ‘މައިކްރޯ ކެޕިޓަލް ގްރާންޓް ފޮރ ޕޯސްޓް ސްނާމީ ރިކަވަރީ ފަންޑް’ ގެ ނަމުގައި 2005 ވަނަ އަހަރު ފެށުނު ލޯން ޕްރޮގްރާމްގެ ދަށުން ސުނާމީ ކާރިސާގައި ގެއްލުންލިބުނު ފަރާތްތަކުގެ ތެރެއިން ޖުމްލަ 33 ފަރާތަކަށް 605000.00 ރ. (ހަލައްކަ ފަސްހާސްރުފިޔާ/) ލޯންގެ ގޮތުގައި ދޫކުރެވިފައިވެއެވެ.
މި ލޯންތަކަކީ ދިގު މުއްދަތުގައި އަދާކޮށް ނިންމާގޮތަށް ކުޑަ ޚިދުމަތުގެ އަގަކާއެކު ދޫކުރި ލޯންތަކެކެވެ.
މި ޕްރޮގްރާމްގެ ދަށުން ލޯން ނެގި 33 ފަރާތުން 2018 ފެބްރުއަރީގެ ނިޔަލަށް ވަނީ ލޯނު ދައްކައި ޚަލާޞްކޮށްފައެވެ. އެހެން ކަމުން އަތޮޅު ތަރައްޤީގެ ފަންޑު މެދުވެރިކޮށް ހިންގި ސުނާމީ ލޯން ޕްރޮގްރާމް ކާމިޔާބު ކަމާއެކު މި ނިމުނީއެވެ.