ރަކީދޫ ކުރީގެ ކަތީބު މަޙްމޫދު އާދަމް ނިޔާވެއްޖެ
ރަކީދޫ ކަތީބުކަން ކުރައްވައިފައިވާ ބޭފުޅެއްކަމުގައިވާ އަލްމަރުޙޫމް މަޙްމޫދު އާދަމް 7 މެއި 2024 ދުވަހު މެންދުރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. އަލްމަރުހޫމް މަޙްމޫދު އާދަމަކީ ރަކީދޫގެ މުދިންކަމާއި ކުޑަކަތީބުކަމާއި ކަތީބުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިކަމުގެ މަޤާމުގައިވެސް ހުންނަވައިފައިވެއެވެ. އަލްމަރުހޫމް މަޙްމޫދު އާދަމަކީ އެ ބޭފުޅާގެ ޚިދުމަތުގެ ދިގު މުއްދަތުގައި އަތޮޅު އޮފީހަށްވެސް ވަރަށްގިނަ ޚިދުމަތްކޮށްދެއްވައިފައިވާ ވަރަށް އިޚުލާޞްތެރި ބޭފުޅެކެވެ. 1 މެއި 2008 ގައި ސަރުކާރުގެ މަޤާމްތަކުން މުސްކުޅި ކުރެއްވި އިރު 32 އަހަރަށްވުރެ ދިގު މުއްދަތުގައި ވަނީ ޚިދުމަތްކުރައްވައިފައެވެ. ނިޔާވިއިރު އަނތްބަކާއި 2 އަންހެން ކުދިންނާއި 6 ފިރިހެން ކުދިން އެބަ ތިއްބެވެ. އެބޭފުޅާގެ ޖަނާޒާއޮތީ 7 މެއި 2024 ދުވަހު ޢިޝާ ނަމާދަށްފަހުގައި ހުޅުމާލެ އާސަހަރާ މިސްކިތުގައެވެ.
އަލްމަރުޙޫމް މަޙްމޫދު އާދަމްގެ އާއިލާއަށް މިކައުންސިލްގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލްގެ ފަރާތުން ތައުޒިޔާ ދަންނަވަމެވެ.
މާތްﷲ އެ މަރުޙޫމްގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވާށި