ވ. އަތޮޅު ޕޮލިސް ކޮމާންޑަރ ވ. އަތޮޅު ކައުންސިލްގެ ރައީސާ ބައްދަލުކުރައްވައިފި

30 މެއި 2024 - 11:19

ވ. ޕޮލިސް ކޮމާންޑަރ ވ. އަތޮޅުކައުންސިލްގެ ރައީސާ ބައްދަލުކުރައްވައިފި

ވ. އަތޮޅު ޕޮލިސްކޮމާންޑަރ އިންސްޕކެޓަރ ޕޮލިސް (ޢަބްދުﷲ ޙަލީމް ވ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާޢު ޢަލީ އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު (30 މެއި 2024 ބުރާސްފަތި ދުވަހު) ހެނދުނު 9:00 ގައި ވ. އަތޮޅު ކައުންސިލް އިދާރާގައެވެ. 

 

މި ބައްދަލުވުމަކީ ވ. ޕޮލިސް ކޮމާންޑަރގެ ހައިސިއްޔަތުން އަތޮޅުގެ ބައެއް ކަންކަމާމެދު މަޝްވަރާކޮށްލެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ގޮތުން ބައެއް ރަށްރަށުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނަ ކަންކަމާ މަޝްވަރާކުރެއްވިއެވެ. އަދި ވ. އަތޮޅުގެ ރަށްރަށަކީ ކުށްމަދު އަމާން ތަންތަން ކަމުގައި ހެދުމަށް ކުރެވެން ހުރި ކަންކަމާ އެކަންކަން ކުރުމުގައި ހުރިހާ މުއައްސަސާތައް ބައިވެރިކުރުމާ އެންމެން ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.