ޤުރްއާން މުބާރާތަށް މާލެދާ ކުދިންނަށް ކުރީއަހަރަށްވުރެ ހެޔޮ އެހީއެއް ދެނީ

28 ޖޫން 2024 - 15:40

ކީރިތި ޤުރްއާންކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި މި އަތޮޅުން ބައިވެރިވާ ކުދިންނަށް މާލެ ދިއުމަށާއި މާލޭގައި ތިބުމުގެ ޚަރަދަށް ކުއްޖަކަށް ދެކޮޅު ޓިކެޓްގެ އިތުރުން ކޮންމެ ކުއްޖަކަށް 2250.00 ދިނުމަށް މިއަދު މި ކައުންސިލްގައި ބޭއްވި 41 ވަނަ ޢާއްމު ޖަލްސާއިން ފާސްކުރައްވައިފިއެވެ. މި ގޮތަށް ފާސްކުރެއްވުމުން ކޮންމެ ކުއްޖަކަށް ދަތުރު ޚަރަދާއެކު 3050.00ރ. ލިބޭނެއެވެ. މިއީ މިދިޔަ ފަހަރު މި ކައުންސިލުން ކުދިންނަށް ދިން އެހީއަށްވުރެ ހެޔޮ އެހީއެކެވެ. 

މިއަތޮޅުން ބައިވެރިވާ ޓީމްގައި 20ކުދިން ބައިވެރިވުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ ފުލިދޫ އަތޮޅު މަދަރުސާއިން 5 ކުދިންނާއި ކެޔޮދޫ ސްކޫލުން 15 ކުދިންނެވެ. މި ކުދިން ޖޫން 29ވާ  ހޮނިހިރު ދުވަހު މާލެ ދިއުމަށް ވަނީ ހަމަޖެހިފައެވެ.