
ވ. ރުއްހުރިހުރަޔަށް ވެލި އަޅައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި
ވ. ރުއްހުރިހުރާގެ ރަށުތެރެއަށް ދޮންވެލި އަޅަށް ބޭނުންވާތީ މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން 24 ސެޕްޓެމްބަރ 2024 ގައި އިޢުލާންކޮށްފިއެވެ.
ވ. ރުއްހުރިހުރައަކީ މި ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ. މި ރަށް ތަރައްޤީކޮށް ޕިކްނިކް ރަށެއްގެގޮތުގައި ބޭނުންކުރެވޭނެ ފަދަ ރަށަކަށް ހެދުމަށް މި ކައުންސިލުން މީގެކުރިންވެސް ވަނީ ވަރަށްގިނަ މަސައްކަތްކޮށްފައެވެ.
މިގޮތުން 2023 ވަނަ އަހަރުން ފެށިގެން 2 ފަހަރެއްގެ މަތިން 394 ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން 20ހާސް ކޮޑި ވެލި އަޅައިފައިވެއެވެ. މީގެ އިތުރުން ރަށް ސާފުކުރުމަށް މުވައްޒަފުން އެކިފަހަރުމަތިން އެރަށަށް ގޮސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މިހާރުވެސް މި ރަށަކީ ޕިކްނިކް ގޮސްލަން ރީތި ހިތްފަސޭހަ ރަށެކެވެ.
ވ. އަތޮޅުގައި ހުރި ޤުދްރަތީ ވަޞީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަތޮޅުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެގޮތް ހެދުމަކީ މި ކައުންސިލްގެ ސިޔާސަތެކެވެ.