ފުށިފަރު ދޯނި މަރާމާތުގެ މަސައްކަތް ނިމިއްޖެ

10 އޭޕްރިލް 2025 - 13:00

މިކައުންސިލްގެ ރަސްމީ އުޅަނދު ފުށިފަރު މަރާމާތުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މި މަސައްކަތް އެމްޓީ ސީ ސީ އާއި ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު އެޕްރީލް މަހުގައެވެ. ދޯނީގެ މަސައްކަތް ނިމުނީ 2025 ވަނަ އަހަރު މާރޗް ފަހުކޮޅުގައެވެ. މި އުޅަނދުގެ މަރާމާތުގެ މަސައްކަތަށް ގިނަ ދުވަސްތަކެއްވަންދެން އެމްޓީ ސީ ސީ ތިލަފުށީ ޔާޑުގައި ބައްޓަންޖެހުނެވެ. އަދި ވަރަށް ބޮޑު ޚަރަދުވެސް މިކަމަށް ހިނގައިފައިވެއެވެ. މި ގޮތުން އިންޖީދު އަގާއެކު 4.1 މިލިޔަނަށްވުރެ ބޮޑު ޚަރަދު ވަނީ ހިނގައިފައެވެ. ދޯނީގެ މަސައްކަތް ނިމުނު އިރު މި އިދާރާއިން އުއްމީދުކުރި ފެންވަރަށް މަސައްކަތް ނިމިފައިވާ ކަން ފާހަގަކުރެވެއެވެ. އެގޮތުން ދޯނީގައި އައު އިންޖީނެއް އަޅައި އުނދު ކުރިއަށް ވުރެ ދިގުކޮށް ހިޔާގަނޑާއި އެތެރޭގެ ބައިތައް ތަރައްޤީކޮށްފައިވެއެވެ. މިހާރު މި އުޅަނދަކީ ދުވެލި ހަލުއި އަދި ފެންވަރު ރަނގަޅު އުޅަނދެކެވެ.