ތައާރަފް
މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކުރިން ހިނގަމުން އައި ފެލިދެއަތޮޅު އަތޮޅުކައުންސިލް އިދާރާއެވެ. ލާމަރުކަޒީ ޤާނޫނަށް ގެންނަވައިފައިވާ 17 ވަނަ އިޞްލާޙްގެ ދަށުން އަތޮޅު ކައުންސިލްތައް 17 މެއި 2026 ގައި އުވި މިހާރު މިއިދާރާ މިވަނީ ގަވަރމެންޓް އޮތޯރިޓީގެ ފެލިދެއަތޮޅު ގޮފީގެ ގޮތުގައި ހިންގަން ފަށާއިފައެވެ. އެއީ ލާމަރުކަޒީ ޤާނޫންގެ 58 ވަނަ މާއްދާގައި ބަޔާންކުރާ ލޯކަލްގަވަރމެންޓް އޮތޯރިތީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އިދާރީ ދާއިރާގައި ލާމަރުކަޒީ އުޞޫލުން ތަންފީޒުކޮށް ހިންގޭނެ އިންތިޒާމްތައް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ހަމަޖެއްސުމަށްޓަކައި އެ އޮތޯރިޓިން އުފައްދަވައިފައިވާ ފެލިދެއަތޮޅު ގޮތްޕެވެ.
އަތޮޅުގެ އާބާދީ
އެންމެ ފަހުން އަދާހަމަ ކުރެވުނީ: 1 ފެބްރުއަރީ 2026 - 08:32
ރަށް |
ފިރިހެން |
އަންހެން |
ޖުމްލަ |
|---|---|---|---|
ތިނަދޫ |
105 |
119 |
224 |
ރަކީދޫ |
192 |
187 |
379 |
ކެޔޮދޫ |
472 |
446 |
918 |
ފުލިދޫ |
277 |
248 |
525 |
ފެލިދޫ (އަތޮޅުގެ ވެރިރަށް) |
385 |
320 |
705 |
ޖުމްލަ |
1431 |
1320 |
2751 |