މިކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ މިއަތޮޅުގެ 5 ރަށުގެ ރައީސުންނާއި އަތޮޅުގެ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކޮށްފައިތިބި މި ކައުންސިލްގެ ރައީސެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ އަތޮޅުގެ ރައްޔިތުންނަށެވެ.
ތަސައްވަރު
ފެލިދެއަތޮޅުގެ ރައްޔިތުންނަކީ، އިސްލާމްދީނަށް ލޯ ހުޅުވިފައިވާ، ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ، ތަޢުލީމީ، އިޤްތިޞާދީ ގޮތުން ފުދުންތެރި، ރައްކާތެރި ތިމާވެއްޓެއްގައި ޞުލްޙަވެރިކަމާއި އަމަންކަންމަތީ ދިރިއުޅޭ ބަޔަކަށްވުން