މަހޯލި
މައުލޫމާތަށް އެދި ހުށަހެޅުން
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭ ފޯމް މިވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މައުލޫމާތު ހޯދަން އެދޭ ފޯމް މެދުވެރިކޮށްވެސް ފެލިދެއަތޮޅު އަތޮޅު އަތޮޅު ކައުންސިލުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުއްވޭނެއެވެ.
ފެލިދެއަތޮޅު އަތޮޅު އަތޮޅު ކައުންސިލުން މައުލޫމާތު ހޯއްދެވުމަށް ހުށަހަޅަން ޖެހޭ ފޯމް ތިރީގައިވާ ލިންކް މެދުވެރިކޮށް ޑައުންލޯޑް ކުރެއްވޭނެއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާއްމު ކުރާ މަޢުލޫމާތު
ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 1/2014) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ، ލިބިގެންވާ އަދި ތަންފީޒު ކުރެވޭނެ ޤާނޫނީ ޙައްޤެކެވެ. ޤާނޫނު ނަންބަރު 1/2014 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަންޖެހޭ މަޢުލޫމާތު މިސަފްޙާގައި ހިމެނިފައިވާނެއެވެ.
އިދާރާގެ ލިޔެކިޔުންތައް ބެލެހެއްޓުމުގައި އަމަލުކުރާގޮތް
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް ޖެމްސް މެދުވެރިކޮށް ބަލަހައްޓަމުން ގެންދެއެވެ. މިފަދައިން އެންޓަރ ކުރާ ކޮންމެ ލިޔުމެއްގައި އެންޓްރީ ސްޓޭމްޕާއި އެކު ހިމެނެންޖެހޭ މައުލޫމާތުތައް ފުރިހަމަކުރެވި ފައިލް ކުރެވިގެންދާނެއެވެ. އަދި ލިޔެކިޔުންތައް އެންޓްރީ ކުރެއްވި މުވައްޒަފުގެ ނަމާއި ސޮއި، ބަލައިގަތް ގަޑި އާއި ތާރީހް ފެންނަން ހުންނާނެއެވެ.
މިއިދާރާގެ މަސައްކަތްތަކުގައި ބޭނުންކުރެވޭ ހުރިހާ ލިޔެކިޔުންތަކެއް ޑިޖިޓަލްކޮށް ސާރވާގައި އެކަމާބެހޭ ސެކްޝަނަށް ޚާއްސަކުރެވިފައިވާ ބައިގައި ރިކޯޑްކޮށް ބަލަހައްޓަމުން ގެންދެއެވެ. އަދި މީގެ އިތުރުން ލިޔެކިޔުންތައް ފައިލް ތަކުގައިވެސް ބެލެހެއްޓެމުން ގެންދެވެއެވެ. އަދި ސަރުކާރުގެ އިލެކްޓްރޯނިކް ފައިލް ސިސްޓަމް ޖެމްސް އަދި ފައިސާ ޚަރަދުކުރުމުގައި ކައުންސިލްތަކު ބޭނުންކުރާ ވިޔަ ޕޯޓަލްގައި ބަލަހައްޓާ ރައްކާކުރެވިގެންދެއެވެ.
އިދާރާއިން ނިންމާ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ ނުވަތަ ގޮތާއި ޒިންމާ އުފުލުމަށް އޮންނަ ހަމަތަކާއި ބެލެހެއްޓުމާއި ޒިންމާދާރުކުރުވުން ރޭވިފައިވާ ގޮތް
- އިދާރީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން މައިސަރުކާރާއި ހިއްސާކުރުމާއި ކައުންސިލްތަކުގެ ފެންވަރުގައި ކުރެވެންހުރި ކަންކަމަށް ބޭނުންވާ ބަޖެޓް ހިމެނުމާއި ބޭނުންވާ ވަސީލަތްތައް ހޯދައި، އެކަމާއި ގުޅޭޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްކުރުން
- މިކައުންސިލްގެ އިދާރާއާއި ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދަނެގަނެ، އެކަންކަމަށް ބަޖެޓް ހިމެނުމާއި ބޭނުންވާ ވަސީލަތްތައް ބޭނުންވާ މިންވަރަށް ފޯރުކޮށްދިނުމަށްޓަކައި އެކަމާ ބެހޭ ދިރާސާކޮށް ޕްލޭންކުރުމުގެ މަސައްކަތްތައް ކުރުން
- ސެކްޝަންތަކަށް ބޭނުންވާ އިދާރީ ކަންކަމުގެ ރިކުއެސްޓް ލިބުމާއެކު އެކަމާ ގުޅޭ ސެކްޝަންތަކުން އެދިފައިވާ ހިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދިއުން
- ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހު އެކަން ފުރިހަމަވެފައިވާ މިންވަރު ބަލައި، އެކަށީގެންވާ ފިޔަވަޅުތައް އެޅުން