ރައީސްގެ ޒިޔާރަތް

21 ޖުލައި 2023 - 15:46

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވ.އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި 6 މާރޗް 06:45 ވ.ފެލިދުއަށް ވަޑައިގަތެވެ.  މިދަތުރުފުޅުގައި މިއަތޮޅުގެ ކެޔޮދޫ ފިޔަވައި ހުރިހާ ރަށްތަކުގެ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އަތޮޅު ކައުންސިލް އިދާރާގެ ޓްރެއިނިންގ ހޯލްގައި ބައްދަލުކުރެއްވިއެވެ.  މިދަތުރުފުޅުގައި ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރެވީ ރޭގަނޑު 09:00 ގައި  ވ.އަތޮޅު ތަޢުލީމީ މަރްކަޒުގައެވެ. .  ދަތުރުފުޅުގައި ރޭކުރެއްވީ ވ.ފެލިދޫގައެވެ.  ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރުންނާއި، ކުންފުނިތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.