ވ. އަތޮޅު ކައުންސިލުން ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އައުޓް ޑޯރ ލައިބްރަރީ އެއް ޤާއިމްކޮށްދެއްނީ

26 އޮކްޓޯބަރ 2024 - 19:53

އަތޮޅު ތަޢުލީމީ ޙާލަތު ރަނގަޅުކުރުމަށް ސްކޫލްތަކަށް އެހީތެރިވުމުގެގޮތުން މި ކައުންސިލުން ކަނޑައަޅުއްވައިފައިވާ ސިޔާސަތުގެ ދަށުން ވ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އައުޓްޑޯރ ލައިބްރަރީއެއް ތަރައްޤީ ކުރުމުގެ މަސައްކަތްކުރުމަށް އަމިއްލަ ކުންފުންޏަކާ ޙަވާލުކުރައްވައި އެކަމުގެ އެއްބަސްވުމުގައި 24 އޮކްޓޯބަރ 2024 ވީ ބުރާސްފަތި ދުވަހު ސޮއިކުރައްވައިފިއެވެ. މިއީ ސްކޫލްދަރިވަރުންގެ ތައުލީމާއި ހުނަރު އިތުރުކުރުމާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ކައުންސިލްގެ ބަޖެޓްގައި މިއަހަރަށް ހިމަނައިފައިވާ ޙަރަކާތެކެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ކެރަވަޅު އިންވެސްޓްމެންޓާއެވެ. ކެރަވަޅު އިންވެސްޓްމެންޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އަޙްމަދު ނިޝާނެވެ. މި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މި ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ރަފީޢު ޖަމީލެވެ. މި އެއްބަސްވުމުގެ ދަށުން މި މަސައްކަތް  އަމިއްލަ ތަކެތީގައި 35 ދުވަހުގެތެރޭގައި މަސައްކަތް ނިންމަންޖެހޭނެއެވެ. 

ވ. އަތޮޅު ކައުންސިލުން އަތޮޅު ސްކޫލްތަކަށް ކޮންމެ އަހަރަކުވެސް ގިނަ ކަންތައްތަކެއް ކޮށްދޭކަން ފާހަގަކުރެވެއެވެ.