އަންހެން ޑިވިޜަންގެ ފައިނަލްގެ ދެވަނަ ޖާގަ ފުލިދުއަށް

20 އޯގަސްޓް 2025 - 14:29

ވ.އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގައި އިއްޔެ ކުޅެވުނު މެޗަކީ ފުލިދޫ އަދި ފެލިދޫ މޮޅުވެގެން ނޫނީ ފައިނަލަށް ނުދެވޭނެ މެޗެކެވެ. މުބާރާތުގެ ފޯރިގަދަވެފައިވާ ދަނޑިވަޅުގައި އިއްޔެ ކުޅެވުނު މެޗު ފުލިދޫއިން ފެލިދޫގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އިއްޔެ މެޗުގައި ފުލިދޫން މޮޅު ކުޅުމެއް ދައްކައި ސެޓްތައް ގެންގޮސްފައިވަނީ 25-22، 25-18 އަދި 14-25 ނެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ލިބުނީ ފުލިދޫ ޓީމްގެ ޖާޒީ ނަންބަރު 06 ބަންޑާރި އުޝާއަށެވެ.