އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ފުލިދުއަށް

23 އޯގަސްޓް 2025 - 13:40

ވ.އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ފުލިދޫ ހޯދައިފިއެވެ. ޕޮއިންޓް ތާވަލްގެ ދެވަނައިގައި އޮތް ފުލިދޫ ބައްދަލުކުރީ މުބާރާތުގެ އެއްވެސްމެޗަކުން ބަލިނުވެ ފައިނަލަށްދިޔަ ކެޔޮދޫއާދެކޮޅަށެވެ. ފުލިދޫއިން މުބާރާތުގައި ބަލިވެފައިވަނީ ކެޔޮދޫއާއިއެކު ކުޅެވުނު މެޗުންނެވެ. މުބާރާތުގެ ތަށި އުފުލާލުމަށް ދެ ޓީމުންވެސް ވަރަށް ތައްޔާރުވިކަން ފާހަގަ ކުރެވުނެވެ. ދެ ޓީމުގެ ސަޕޯޓަރުންގެ ތަރުހީބުވެސް މެދުނުކެނޑި ދެ ޓީމަށް ލިބެމުންދިޔައެވެ. 

މެޗު  ފެށިގެން ފުރަތަމަ ސެޓުން ފުލިދޫއިން ކެޔޮދޫގެ މައްޗަށް ކުރި ހޯދީ 25-17 ނެވެ. ދެވަނަ ސެޓް ވަރަށް ވާންކޮށްގޮސް 28-26 ން ސެޓް ކާމިޔާބުރީ ކެޔޮދޫ ޓީމެވެ. ތިންވަނަ ސެޓްވީ ކެޔޮދޫ ޓީމުން މި މުބާރާތުގައި ކުޅެވުނު އެންމެދަށް ނަތީޖާއަކުން ބަލިވި ސެޓަށެވެ. ސެޓްގައި ކެޔޮދޫ ޓީމުން ގިނަ ބަދަލުތަކެއްކޮށް ހަތަރުވަނަ ސެޓަށް ތައްޔާރުވިއެވެ. ތިންވަނަ ސެޓް ފުލިދޫއިން ގެންދިޔައީ 25-5 ނެވެ. ހަތަރުވަނަ ސެޓްވެސް ކެޔޮދޫން ވަރަށް ހިތްވަރުކޮށް ފުލިދޫ މައްޗަށް ކާމިޔާބުހޯދޭ ގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ހަތަރުވަނަ ސެޓް 25-20 ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ފުލިދޫއަށް ލިބުނެވެ. 

މުބާރާތުގެ އަންހެން ޑިވިޜަންގެ ނަތީޖާ ފާޅުކުރިއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްއާއި މުޅި މުބާރާތުގެ އެއްވަނަ ކުޅުންތެރިޔާ ލިބުނީ ފުލިދޫ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ޖާޒީ ނަންބަރު 05 ޗަންދު ޕޫނަމްއަށެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ފުލިދޫ ޓީމްގެ ޖާޒީ ނަންބަރު 02 އައިޝަތު ޝިނާ، ޖާޒީ ނަންބަރު 05 ޗަންދު ޕޫނަމް، ޖާޒީ ނަންބަރު 06 ބަންޑާރި އުޝާ، ޖާޒީ ނަންބަރު 10 ޝަމްހާ ހުސައިން އަދި ކެޔޮދޫ ޓީމްގެ މިސް ދުއެންޕެންއަރީލުއޭ، މިސް ޗަނަކުނާން ހިމެނުނެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނީ ކެޔޮދޫ ޓީމްގެ ޖާޒީ ނަންބަރު 10 އައިމިނަތު ރައިހާނަތު ފާއިޒަށެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯގެ މަޤާމް ލިބުނު ފުލިދޫ ޓީމްގެ މަޘޫބާ އިސްހާޤަށެވެ. އެންމެ މޮޅު ކޯޗު ލިބުނީ ފުލިދޫ ޓީމްގެ އަޙްމަދު އަދީލަށެވެ.